ޚަބަރު

ޙަޤީޤީ ތަރައްޤީގެ މަސައްކަތުގައި އުޅުއްވުމަށް، ރައީސްއަށް ލިބިލެއްވީ ތިން އަހަރު: ޝާހިދު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޙަޤީޤީ ތަރައްޤީގެ މަސައްކަތުގައި އުޅުއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ، ތިން އަހަރު ކަމަށް ފޮރިން މިނިސްޓަރު، ޝާހިދު ވިދާޅުވެއްޖެއެވެ.

Ads by MWSC

މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ، ގަން އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރަން ފެށުން ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައެވެ.

ޝާހިދުގެ ވާހަކައިގައި ކޮވިޑް-19 ގެ ޕެންޑެމިކަށް ފަހު، ރާއްޖެ ބަނގުރޫޓުވަނީ ކަމަށާއި، ބަނބުކެޔޮ ހައްދަން ވީ ކަމަށް ބުނެ، ބަޔަކު ވާހަކަތައް ދައްކަމުން ދިޔައިރުވެސް، އެ ވާހަކަ ތަކަށް ބެއްލެވުމެއް ނެތި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ރައީީސް ޞާލިޙު ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދެވިކަން ފާހަގަކުރެއްވިއެވެ.

"ރާއްޖެ އަކީ ތަރައްޤީއަށް ބޭނުންވާ އެއްޗެހި، އަޑިން އަރާ ތަނެއް ނޫން. ރާއްޖެ އަކީ، އެ ހުރިހާ އެއްޗެއް ބޭރުން ގެންނަ ތަނެއް. ގެންނަންވީ ހުރިހައި ދޮރޯއްޓެއް ދެ އަހަރު ވަންދެން ހުރީ ބަންދުވެފައި."

ޝާހިދު ވިދާޅުވީ، އެ ޙާލަތުގައި، ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށް ނުގެންދިޔުމަށް ލަފާ އަރުވައި، ދެއްކި "ފިތުނައިގެ ވާހަކަ"ތަކަށް ރައީީސް ޞާލިޙު ނުބައްލަވާ ކަމަށާއި، ނަތީޖާ އަކީ މަޝްރޫޢުތައް ކުރިއަށް ދިޔުން ކަމުގައެވެ.

މިނިސްޓަރުގެ ވާހަކައިގައި ވަނީ ސަރުކާރުން މިހާތަނަށް ކުރިއަށްގެންގޮސްފައިވާ މަޝްރޫޢުތަކާ ގުޅިގެން ފިތުނަ އުފެއްދުމަށް ބަޔަކު މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާފައެވެ.

މިގޮތުން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓްގެ މަސައްކަތް ކުރިއަށްދިޔައިރު، އެކި ގޮތްގޮތަށް މި ސަރުކާރަށް ފާޑުކިޔަމުންދިޔަކަން ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް މިއަދު މި އެމަރުކަޒުވެސް ގާއިމްކޮށް އެ މަރުކަޒުން ދިވެހިންނަށް ތަމްރީނުދެމުންދާކަމާއި، އެ މަރުކަޒުން ތަމްރީނުދެނީވެސް ދިވެހިން ކަން ޝާހިދު ފާހަގަކުރެއްވިއެވެ.

  1. ސިޔާސީ މައިދާނުގައި ތިބީ
    1/ އެމއެމްޕީއާރުސީ ޗޯރުން
    2/ ވެންޓިލޭޓަރު ޗޯރުން
    3/ ފޯޅަވަހި ޗޯރުން !