ޚަބަރު

ހޮލިޑޭ ގެޓްވޭސް އަށް ހާއްސަ ޕްރޮމޯޝަނެއް އުރީދޫން ފަށައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އުރީދޫ މޯލްޑިވްސްގެ މޮބައިލް މަނީ ޕްލެޓްފޯމް، އެމް-ފައިސާ އިން ކުރިއަށް އޮތް ޗުއްޓީގައި ދަތުރުދާ ކަސްޓަމަރުންނަށް ލިމިޓެޑް ޓައިމް އޮފާއެއް ތައާރަފްކޮށްފިއެވެ.

Ads by STELCO

އުރީދޫން ބުނީ 1 ޖޫން 2023 އިން ފެށިގެން 30 ޖޫން 2023 ގެ އާ ހަމައަަށް ފިންސް ޑައިވް އެންޑް ލެޝަރ ހޮޓެލް އަދި ޑްރީމް އިން ގެސްޓް ހައުސްގައި އެމް-ފައިސާ ބޭނުންކޮށްގެން މަދުވެގެން ދެ ރޭ ފައިސާ ދައްކާ ކަސްޓަމަރުންނަށް މަޑުކުރާ މުއްދަތުގައި އިތުރު ރެއެއް ހިލޭ ލިބޭނެ ކަމަށެވެ.

މި ޕްރޮމޯޝަނަކީ އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. މި އޮފަރގެ ބޭނުން ހިފުމަށް އުރީދޫ އެޕް ޑައިންލޯޑްކޮށް، އެމް-ފައިސާއަށް ރަޖިސްޓްރީ ކުރެވޭނެއެވެ.

ރަސްދޫގައި ހުންނަ ފިންސް ޑައިވް އެންޑް ލެޝަރ ހޮޓެލްގައި ރީތި ބަގީޗާއަކާއި ޝެއާޑް ލައުންޖަކާއި ރެސްޓޯރެންޓެއް ހުންނާނެއެވެ. އެ ހޮޓެލްގެ އެއާކޮންޑިޝަންޑް ޑިލަކްސް ކޮޓަރި އާއި ސުޕަރ ޑިލަކްސް ރޫމްގައި ލަގްޒަރީ ބާތު ޓަބަކާއި ވަކިން ސީޓިން އޭރިއާއެއް ހުންނާނެއެވެ. ކޮންމެ ކޮޓަރިއެއްގައި ވެސް ފްލެޓް ސްކްރީން ޓީވީ، މިނީ ފްރިޖް، ސްމޯލް ސޭފް އަދި ވޯޑްރޯބް ފަދަ ވަސީލަތްތައް ހުންނާނެއެވެ.

މީގެ އިތުރުން ހޫނު އަދި ފިނި ފެނުގެ ވަސީލަތްތައް ހިމެނޭ ޕްރައިވެޓް ފާހާނާތަކާއި ކޮމްޕްލިމެންޓަރީ ޓޮއިލެޓްރީޒްގެ ސަބަބުން ތަފާތު ތަޖުރިބާއެއް ލިބިގެންދާނެއެވެ. މި ގެސްޓްހައުސްގައި ހާއްސަ ޑައިނިން އޭރިއާއަކާއި ކޮމިއުނަލް ލައުންޖް އޭރިއާއެއް ހުރެއެވެ. ކޮމްޕްލިމެންޓްރީ ވައިފައި މުޅި ގެސްޓްހައުސްއަށް ލިބޭނެއެވެ.

ތުލުސްދޫގައި ހުންނަ ޑްރީމް އިން ގެސްޓްހައުސް އިން ތަފާތު ކަލިނަރީ ޑިލައިޓްތައް ލިބޭ ރެސްޓޯރެންޓެއް ހުންނާނެއެވެ. މި ހޮޓަލުގައި ހިތްފަސޭހަ ޑިލަކްސް ރޫމްސް އާއި ސުޕަ ޑިލަކްސް ރޫމްތައް ހުންނައިރު، ކޮންމެ ތަނެއްގައި ރަނގަޅު ވެންޓިލޭޝަން، އެއާކޮންޑިޝަން، އަލަމާރި، ހެއާޑްރަޔަރ، ހޫނު ފެނާއި ފިނި ފެނާއި، ތުވާލި ފަދަ ތަކެތި ލިބެން ހުންނާނެއެވެ.

އުރީދޫން ބުނީ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރަޖިސްޓްރީވެ، ޔޫޓިލިޓީ ބިލް ދެއްކުމާއި އެޕްލިކޭޝަނާއި ވައިބާ މެދުވެރިކޮށް ފައިސާ ޓްރާންސްފާ ކުރުމާއި ޕާޓްނަރޑް މާޗަންޓުންނަށް ފައިސާ ދެއްކުމުގައި ތަފާތު އޮފާތައް  ތަޖުރިބާ ކުރުމަށް ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް ވެސް މަރުހަބާ ކިޔާ ކަމަށެވެ.

މީގެ އިތުރުން އެމް-ފައިސާ ކަސްޓަމަރުންނަށް ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ ފަދަ މަޝްހޫރު ބޭންކުތައް މެދުވެރިކޮށް އޮންލައިންކޮށް ޑިޖިޓަލް ވޮލެޓް އިތުރަށް ފުރިހަމަ ކުރެވޭނެ ކަމަށާއި އޮތޮރައިޒްޑް އެމް-ފައިސާ އެޖެންޓުން މެދުވެރިކޮށް ވެސް ޑިޖިޓަލް ވޮލެޓްތައް އިތުރަށް ފުރިހަމަ ކުރެވޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.

Ads by Allied Insurance
  1. ޙުރިހާ ވިޔަފަަާރި އަކަށް ބޯކޮށްޕާތި!