ދީން

ނިކަމެތިންނަށް އަޅާލުމަކީ ތިމާއަށް ކުރެވޭ ނުބައި ޢަމަލުތަކުގެ ފާފަ ފުއްސަވައިދެއްވާނެ ކަމެއް: ޚުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ނިކަމެތިންނަށް އަޅާލުމަކީ ތިމާއަށް ކުރެވޭ ނުބައި ޢަމަލުތަކުގެ ފާފަ ފުއްސަވައިދެއްވާނެ ކަމެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

Ads by MWSC

މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއު އަކީ "ތައުބާގެ އަހައްމިޔާތާއި އޭގެ ދައުރު"މިއެވެ.

ޚުތުބާގައި ބުނެފައިވަނީ އިންސާނާއަކީ އޭނާގެ އިއްޔެއަށްވުރެ މިއަދު ހެޔޮ ދުވަހަކަށް ހެދުމަށް ގަދައަޅައި މަސައްކަތް ކުރާ މީހެއް ކަމަށެވެ. އަދި އޭނާއަކީ މިއަދަށްވުރެ މާދަމާގެ ހެޔޮކަން އިތުރުކުރުމަށް ދަހިވެތިވެފައިވާ މީހެއް ކަމަށެވެ.

ތިން ކަމަކަށްޓަކައި ކޮންމެ މުސްލިމަކުވެސް ތައުބާ ވާން ޖެހޭނެ ކަމަށް ހުތުބާގައި ބުންޏެވެ. ފުރަތަމަ ކަމަކީ މާތް ގެ އުގޫބާތްތަކުން ރައްކާތެރިވުމަށް ތައުބާވުމެވެ. ދެވަނަ ކަމަކީ އޭނާަގެ ޢަމަލުތައް މާތް ޤަބޫލުކުރައްވާ އަމަލުތަކަކަށް ހެދުމަށްޓަކާ ތައުބާވުމެވެ. ތިންވަނަ ކަމަކީ ސާލިޙް އަމަލުތައް ކުރުމުގައި ހެޔޮ ތައުފީގު ލިބިގެންވާ މީހަކަށް ވުމަށްޓަކައި ތައުބާވުމެވެ.

ހުތުބާގައި ބުނީ ތައުބާވުން ލަސްކުރުމަކީ ޝައިތާނާގެ ވަސްވާހުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި ތައުބާވާ މީހާ އޭނާގެ ހިތުގެ އަޑިން ފާފަ ފުއްސެވުމަށް އެދެން ޖެހޭނެ ކަމަށް ހުތުބާގައި ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!