ޚަބަރު އިޖުތިމާޢީ

މަސްތުވެގެން އޮފީހަށް ދާކަމަށް ބުނާ އިންތިގާލީ އިންސާފު އޮފީހުގެ މުވައްޒަފު ހައްޔަރުކޮށްފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އިންތިގާލީ އިންސާފު އޮފީސް

މަސްތުވެގެން އޮފީހަށް ދާކަމުގެ ތުހުމަތު ކުރެވޭ އިންތިގާލީ އިންސާފު އޮފީހުގެ މުވައްޒަފު މިއަދު ހައްޔަރުކޮށްފި އެވެ.

Ads by MWSC

މިތުހުމަތުގައި ހައްޔަރު ކުރީ އިންވެސްޓިގޭޓަރެއްގެ މަސްއޫލިއްޔަތުތައް އަދާކުރާ މުހައްމަދު އިބްރާހިމް ނަމަކަށް ކިޔާ މުވައްޒަފެކެވެ. އޭނާ ހައްޔަރު ކުރީ މަގުމަތިންނެވެ. އޭރުވެސް އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ތުހުމަތު ކުރެވެ އެވެ.

މަސްތުވެގެން އޮފީހަށް ދާކަމަށް ތުހުމަތު ކުރެވޭ މުހައްމަދު އިބްރާހިމް ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފްގެ އަރިހުގައި

މަސްތުވެގެން އޮފީހަށް ދާ މުހައްމަދު އިބްރާހިމްގެ ފަރާތުން އެ އޮފީހުގެ މުވައްޒަފުންނަށް އުނދަގޫތަކެއް ކުރިމަތިވާކަމުގެ ޝަކުވާވެސް ބައެއް މުވައްޒަފުންގެ ފަރާތުން ވަނީ ލިބިފަ އެވެ. އެހެންނަމަވެސް ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް ވިދާޅުވެފައިވަނީ އެފަދަ އެއްވެސް ޝަކުވާއެއް ހުށަހެޅިފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މަސްތުވެގެން އޮފީހަށް އައިސް މުހައްމަދު އިބްރާހިމްގެ ފަރާތުން އެއޮފީހުގެ އަންހެން މުވައްޒަފުންނަށް އުނދަގޫތަކެއް ކުރިމަތިވާތީ މަސައްކަތުގެ މާހައުލުގައި ބިރުވެރިކަން އުފެދިފައިވާކަމަށްވެސް ބައެއް މުވައްޒަފުން ވަނީ ބުނެފަ އެވެ. އަދި ކަމާއި ބެހޭ ފަރާތްތަކަށް އެމައްސަލަ ހުށަހެޅި ނަމަވެސް ހައްލެއް ލިބިފައި ނުވާކަމަށް ވަނީ ކިޔައިދީފަ އެވެ.

މުހައްމަދު އިބްރާހިމް ކުރިން އުޅުނީ ފުލުހަކަށެވެ. އިންތިގާލީ އޮފީހުގެ މުވައްޒަފުން ތުހުމަތު ކުރާ ގޮތުގައި އޭނާއާއި ޗީފް އޮމްބަޑްސްޕާސަންއާއި ދެމެދު އޮންނަ ގާތް ގުޅުމެއްގެ ސަބަބުން އެއްވެސް މައްސަލައެއް ނުބެލެ އެވެ.

Ads by HDC
  1. ހާޖީބޭ

    ސަރުކަރުގެ މުއަށް ސަސާތަކާއި،،ރައްޔަތުންގެ މަޖިލީހާއި،ޕޮލިހާއި،އެމްއެންޑީ އެފާއި،ސަރުކާރުހިއްސާވާ ހުރިހާކުންފުނިތަކުގައި ގިނައީ ވެސް އީއ ފާހިށްއަމަލުކުރާމީހުނާއި،،ވައްކަންކުރާމީހުނާއި،ކަންމިހާރުު ކުޑަކުދިންނަށްވެސް އެގޭ ހަގީގަތެކެވެ!