ޚަބަރު ސަރުކާރު

އިންތިގާލީ އިންސާފުގެ އޮފީހުގެ، ލިޔެކިޔުންތައް ފިނޭންސް މިނިސްޓްރީއާ ހަވާލުކުރަން އަންގައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުގެ ހަރުމުދަލާއި ލިޔެކިޔުންތައް ފިނޭންސް މިނިސްޓްރީއާ ހަވާލުކުރަން އަންގައިފިއެވެ.

Ads by STELCO

އިންތިގާލީ އިންސާފުގެ އޮފީހުން ކުރި އިއުލާނެއްގައި އެ އޮފީހުގެ މުއްދަތު މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް ހަމަވެފައިވާތީ އެ އޮފީސް އުވިގެންދާއިރު އޮފީހުގެ ހަރު މުދަލާއި ހުރިހާ ލިޔެކިޔުމެއް މިނިސްޓްރީއާ ހަވާލުކުރަން އެ މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

އެތަން އުވާލަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެ އޮފީސް އުވާލަން ހިންގަން ބޭނުން ނުވާތީއެވެ. އަންނަ 2024 ވަނަ އަހަރުގެ ބަޖެޓުގައިވެސް އެ އޮފީހަށް ބަޖެޓު ކަނޑައެއް ނާޅައެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަކީ، 1953ގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17ގެ ނިޔަލަށް ހިނގާފައިވާ އިންސާނީ ހައްގުތަކާއި ކަރާމާތާއި ގުޅުންހުރި މައްސަލަތައް ބެއްލެވުމަށް، ޤާނޫނުން ބާރުލިބިގެން އުފައްދާފައިވާ އޮފީހެކެވެ. އެތަން އުފެއްދީ 2020 ވަނަ އަހަރުގެ ތެރޭގައި ދެ އަހަރުގެ މުއްދަތަކަށެވެ.

އިންތިޤާލީ އިންސާފުގެ ޤާނޫނު ބުނާގޮތުން އެ އޮފީހަށް ހުށައަޅާ މައްސަލައެއް ގިނަވެގެން 2 އަހަރު ދުވަހުގެ ތެރޭގައި ތަހުޤީގުކޮށް ނިންމަން ޖެހެއެވެ.

65 އަހަރުގެ ދިގު މުއްދަތެއްގައި ހިނގފައިވާ ކަންކަން ބެލުމަށް އުފެއްދި މި އޮފީހަށް ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި އިންސާފް ޤާއިމްކޮށްދިނުމުގެ ބާރު ޤާނޫނުން އެ ލިބިދީފައިވާއިރު، އެއޮފީހަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން މާލީ ބަދަލު ނަގައިދޭން ހުށަހެޅޭ ބާވަތުގެ މައްސަލައެއްނަމަ، އެބަދަލު ނަގައިދެވޭނެ ގޮތްތައްވެސް ވަނީ ކަނޑައަޅާފައެވެ.

Ads by Allied Insurance
  1. ހާމަކުރާށޭ

    ޚާރިޖީ ވުޒާރާ އަށް މަހަކު ކުރާ ޚަރަދުން ހުޅުމާލޭގައި 10 ހާސް އަކަފޫޓް ކޮންމެ އެއްމެދު ގޯއްޗެއްގައި ހިމެނޭ ގޮތަށް 1000 ގޯތި 20 ބުރިއަށް ހެދޭނެ ފައިސާ ރައްޔިތުން ފެލާލާ ފައިސާ އިން އެބަހޭދަ ކުރެއޭ ތިޔާ ޖީވަން ޝާހިދު އދ. ގެ ބަނޑުއަކިރި މަގާމަކަށް އަންނަން އިންޑިއާ ބޮޑުންނަށް އެކަނި 250 މިލިއަން ޑޮލަރު ދިނޭ ރިޝްވަތުގެ ގޮތުގައި މަމެންނަށް އިނގޭތީއޭ މިބުނަނީ ކޮންމެހެން އދ. ގައި އެކަކު ވެސް ހުންނާން ނުޖެހެއޭ އޮންލައިން ކޮށް އެކަން ކުރެވޭނެއޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ ހާމަކުރާށޭ

  2. މަހަށްދޭބަލަ

    ޚާރިޖީ ވަޒީރު ޒަމީރު އަޅެ ބުނެދީފާނަންތޭ ތަ އިންޑިއާ ސިފައިން ބާލަން އެކުލަވާލާފައިވާ ތާވަލް އަކީ ކޮބައިތޭ ނެތް ދޯ ނުވެސް ދަންނަން ދޯ ތާވަލް އެއް އެކުުލަވާލަން ޖެހޭނެ ކަަމަށް ބޮޑު ކޯޓް ލައިގެން ބެބޫ ހެދިގެން ލޯ ބޮޑު ކަޅު އައިނު އަޅައިގެން ނޫސްވެރިން ކުރިމަތީގައި އެނބުރިނީމާ ނިމުނީއޭ އެހެންތޭ ރަނގަޅު ތައް ތިޔާ ހުރީ އިންޑިއާ ސިފައިން ބޭލިފައޭ ތަ ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ…