މޫލީ އަދި ލުއިކާނާ ގުޅިގެން ދިވެހި އުފެއްދުންތައް ސީދާ ގޭ ދޮރަށް!

ރާއްޖޭގެ އެންމެ ބޮޑު އޮންލައިން މާކެޓްޕްލޭސް ކަމަށްވާ އުރީދޫގެ މޫލީ އިން ދިވެހި ރަހަތައް އުފައްދާ މަޝްހޫރު ދިވެހި ކުންފުންޏެއް ކަމަށްވާ ލުއިކާނާއާއެކު ޕާޓްނާޝިޕްއެއް ހަދައިފިއެވެ.
އުރީދޫން ބުނީ, މި ކޯލަބްރޭޝަންގެ އަމާޒަކީ މޫލީގެ ޕްލެޓްފޯމް މެދުވެރިކޮށް ދިވެހި ކެއުންތަކުގެ މުއްސަނދި ރަހަތައް ފަސޭހަކަމާއެކު ތަޖުރިބާކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދީ، ރާއްޖޭގައި އުފައްދާ ޕްރޮޑަކްޓްތައް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމެވެ.
ރާއްޖޭގައި ދިވެހި ކެއުންތަކަށް އޮންނަ ޑިމާންޑް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އުރީދޫން ބުނީ ލުއިކާނާއާ ގުޅިގެން މޫލީ އިން މަސައްކަތް ކުރަނީ މި ޑިމާންޑް ފުއްދައި، ކަސްޓަމަރުންގެ ފޭވަރިޓް ހުރިހާ ލޯކަލް ޕްރަޑަކްޓްތަކެއް ވަން ސްޓޮޕް ސޮލިއުޝަނެއް ފޯރުކޮށްދިނުމަށެވެ.
ލުއިކާނާގެ ޕްރަޑަކްޓްތަކަށް މިހާރު މޫލީއިން ހެޔޮ އަގުގައި ލިބެން އެބަހުއްޓެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ރަހަތަކުގެ ޕްރޮޑަކްޓްތައް ކަސްޓަމަރުންނަށް މިހާރު ގަނެލެވޭނެއެވެ.
އެގޮތުން ސީދާ އައްޑު އަތޮޅުގެ މަޝްހޫރު އައްޑޫ ބޮނޑިއިން ފެށިގެން ތެލުލި ބަނބުކެޔޮ، މުރު މުރު، އުޅާލި، ތުނިއްޔާ، އަތުޖެހި، ކުދި ކަޖާ، ފޮނިމާ ފަދަ ލުއި ކާނާ ލިބެން އެބަހުއްޓެވެ.
ދިވެހި މިފަދަ ޕްރަޑަކްްޓްތަައް މޫލީން ރާއްޖޭގައި ކޮންމެ ތަނެއްގައި ހުރި ނަމަވެސް، ކަސްޓަމަރުންނަށް ގޭގެއަށް ޑެލިވަރީކޮށްދެއެވެ.