މިއަދު ކޮވިޑަށް 124 ފައްސިވީ މީހުން، އޭގެ ތެރޭގައި 100 ދިވެހިން ހިމެނޭ
މިއަދު އިތުރު 124 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 100 ދިވެހިންނާއި، ބަންގްލަދޭޝްގެ 16 މީހަކާއި، އިންޑިއާގެ ތިން މީހަކާއި، ނޭޕާލް ދެ މީހަކާއި، ފިލިޕީންސް، ޔޫކްރެއިން އަދި އޮސްޓްރޭލިއާ ، މިއިން ކޮންމެ ގައުމަކުން މީހެއް ކަމަށެވެ.
މިއަދު ފައްސިވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 5،909 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 2389 މީހުންނަށެވެ. އެގޮތުން 138 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.
އަދި މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 3488 އަށް އަރާފައެވެ. މި ބަލީގައި ރާއްޖެއިން ވަނީ 23 މީހަކު މިހާތަނަށް މަރުވެފައެވެ.
Ads by Allied Insurance