ޚަބަރު

ކޮމިޝަންގެ މެމްބަރުންނާ ބައްދަލުނުވީ އިދިކޮޅުން ގަޑި ޖެހިގެން ދިއުމުން: އެޗްއާރުސީއެމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހިއުމަން ރައިޓް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެމްބަރުންނާ، އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުންނާ ބައްދަލުނުކުރެއްވުނީ އެޕޮއިޓްމަންޓް ހަމަޖައްސައި ދީފައިވާ ގަޑިއަށް ވަޑައިނުގަތުމުން ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފިއެވެ.

Ads by Sosun Fihaara

އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ބުނީ ޕީޕީއެމް-ޕީއެންސީގެ އިސް ބޭފުޅުން އެޗްއާރުސީއެމްގެ މެމްބަރުންނާ ބައްދަލުކުރަން ސިޓީއަކުން އިއްޔެ އެދިފައި ވާތީ މާދަމާ ނުވަތަ އަންނަ ހަފުތާއަށް އެ ބައްދަލުވުން ހަމަޖައްސައިދިނުމަށް އެ ކޮމިޝަނުން ހުށަހެޅި ކަމަށެވެ.

ނަމަވެސް، ވީ އެންމެ އަވަހަކަށް އެ ބައްދަލުވުން ބާއްވައިިދޭން އިދިކޮޅުން އެދުމުން މިއަދު ހެނދުނު 11:15 އަށް އެޕޮއިޓްމަންޓް ހަމަޖައްސައިދިން ކަމަށާއި ނަމަވެސް އެޕޮއިންޓްމަންޓް ދިން ވަގުތަށް އެބޭފުޅުން އެތައް އިރެއް ވީއިރުވެސް ވަޑައިގެންފައި ނުވާކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެހެން ކަމުން ބައްދަލުވުން މާދަމާގެ ހެނދުނު 9:00 އަށް ބަދަލުކޮށް އެކަން އަންގާފައިވަނިކޮށް ގިނަ އަދަދެއްގެ ބަޔަކު ގޮވައިގެން އައިން 12:45 އެހާއިރު އެޗްއާރުސީއެމްގެ އޮފީސް ތެރެއަށް ޕީޕީއެމް ޕީއެންސީގެ ބޭފުޅުން ވަދެގަތްކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ވެ އެވެ.

އަދި އެތަނުން ނިކުންނަން ދެކޮޅުހަދާ އަޑުގަދަކޮށް ހެދުމުން މުވައްޒަފުންގެ ހިތުގައި ބިރުވެރިކަން އުފެދި މުވައްޒަފުންގެ ރައްކާތެރިކަމަށް ކޮމިޝަނުގެ މަސައްކަތަށްވެސް ބުރޫއެރިކަމަށް އެޗްއާރުސީއެމުން ބުނެފައިވެ އެވެ.

  1. އަހްމަދު

    މުސާރަ ދެނީ ރައްޔިތުންގެ ޓެކްސް ފައިސާއިން

  2. ޯރޮކު

    ދޮގުހެދުމުގާވެސް ހައްދެއް އޮންނަންޖެހޭނެ،
    ދެން އެންމެ ރަނގަޅު އިދިކޮޅުން ގަޑިޖެހުނިއްޔޯ، އެންވިއަސް ހަތަރު ފަސގަޑިއިރުވަންދެން ޖަވާބެއް ނުދީ ބޭތިއްބީ އެއީވެސް ހަމަ ގަޑިޖެހިގެންތޯ ފުލުހުންފޮނުވައިގެން ބާރުގެ ބޭނުންކޮށް ބިރުދައްކަން އުޅުނީވެސް ގަޑިޖެހިގެންތޯ، ގަޑިޖެހިގެން އައީމާ ބައްދަލު ނުކުރާނެކަމަށް ބުނެލަން ބޭނުން ނުވީވެސް ހަމަ އިންސާފުތޯ؟ ހިއުމަންރައިޓު ކިއަނީ ދޮގުހަދާ އޮޅުވާލާ ތިމާމެންގެ ބޮޑައިކަން ދެއްކުމަށްތޯ؟