ޚަބަރު

ﷲއަށް ހަމްދުހުރި، މިއަދު އިތުރު 139 މީހަކު ބަލިން ރަނގަޅު ވެއްޖެ

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 139 މީހަކު ރަނގަޅު ވެއްޖެ އެވެ.

Ads by STELCO

އެޗްޕީއޭއިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 139 މީހަކު ކޮވިޑް ބަލިން ރަނގަޅު ވެފައިވާ ކަމަށެވެ. މިއަދު ރަނގަޅުވީ މީހުންނާއެކު ރާއްޖެއިން ރަނގަޅުވި މީހުންގެ އަަދަދު ވަނީ 3،488 އަށް އަރާފައެވެ.

އެޗްޕީއޭ އިން ބުނީ މިއަދު 124 މީހަކު ކޮވިޑަށް ފައްސިވި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 100 ދިވެހިންނާއި، ބަންގްލަދޭޝްގެ 16 މީހަކާއި، އިންޑިއާގެ ތިން މީހަކާއި، ނޭޕާލް ދެ މީހަކާއި، ފިލިޕީންސް، ޔޫކްރެއިން އަދި އޮސްޓްރޭލިއާ ، މިއިން ކޮންމެ ގައުމަކުން މީހެއް ކަމަށެވެ.

މިއަދު ފައްސިވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 5،909 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން އަންނަނީ 2389 މީހުންނަށެވެ. އެގޮތުން 138 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މި ބަލީގައި ރާއްޖެއިން ވަނީ 23 މީހަކު މިހާތަނަށް މަރުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!