ޚަބަރު ސިޔާސީ

ސުކޫލުތައް ދޫކުރަނީ ހަމައެކަނި އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކަށް: އުޝާމް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިނގުމަށް ސުކޫލަތައް ދިން ނަމަވެސް އެހެން ޕާޓީތަކުން ސުކޫލުތައް ދޫކުރުމަށް އެދުމުން އެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހުއްދަ ނުދެއްވާކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ފާޑުވިދާޅުވެއްޖެއެވެ.

Ads by STELCO

އުޝާމް މިހެން ވިދާޅުވީ އެމްޑީޕީ އަންހެނުންގެ ގޮފީގެ ފަރާތުން މާދަމާ ދަރުމަވަންތަ ސުކޫލުގައި ބާއްވާ މެނިފެސްޓޯގެ ވޯކްޝޮޕާއި ބެހޭގޮތުން މެމްބަރު ރޮޒައިނާ ކޮށްފައިވާ ޓްވީޓެއް ރީޓްވީޓް ކުރައްވައެވެ.

"އެމްޑީޕީގެ ގެ ސިޔާސީ ކަންކަމަށް ސަރުކާރުގެ ސްކޫލުތައް ބޭނުންކުރެވޭ. އެހެން ޕާޓީއަކުން ޖަލްސާއެއް ބޭއްވުމަށް ސްކޫލެއްގެ ހޯލެއް ހޯދަން އެދުމުން އެޑިއުކޭޝަން މިނިސްޓްރީއިން ބުނަނީ އެއީ މަނާ ކޮށްފައިވާ ކަމެއް ކަމަށް. މިއީ ކޮންކަހަލަ ހަމައަކާ އިންސާފެއްތޯ؟ މިކަންކަމުންވެސް ސާފުވަނީ މިއަހަރު ބޭއްވޭ އިންތިހާބު އިންސާފުވެރި ނުވާނެކަން." އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ޓެގު ކުރައްވާ އުޝާމް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ. 

އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ކައިރިވަމުން އަންނަ ވަރަކަށް ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވަމުން އަންނަކަމުގެ ތުހުމަތުތައް މިހާރުވެސް އެކި ފަރާތްތަކުން ދަނީ ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!