ޚަބަރު ސިޔާސީ

ޒައިދު ރައީސް ނަޝީދަށް: ލަވަކިޔާ ރައީސެއް ބޭނުމެއް ނޫން

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ޝެއިހު ޒައިދު ގެންދަވަނީ ރައީސް ނަޝީދަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވަމުން

ލަވަކިޔާ ރައީސެއް ބޭނުން ނުވާކަމަށް ވިދާޅުވެ ޝެއިހް އަލީ ޒައިދު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، ބަހުގެ ހަމަލާތަކެއް ރައްދުކޮށްފި އެވެ.

Ads by MWSC

"ލޯބީގެ ހާދިސާ" ނަމަކަށް ކިޔާ ކުރީގެ މަޝްހޫރު ދިވެހި ލަވަ ރައީސް ނަޝީދުގެ އަޑުން ކިޔުއްވާފައިވާކަމަށް ބުނެ "ހަސަން ކުރުސީ" ގެ ޓުވިޓާ އައިޑީން އިއްޔެ ވަނީ އާންމު ކޮށްފަ އެވެ. މި ލަވައަށް އާންމުންގެ ބޮޑު ތަރުހީބެއް ސޯޝަލް މީޑިއާގައި އަންނަނީ ލިބެމުންނެވެ.

މިލަވައަށް އިޝާރާތް ކުރައްވައި ޒައިދު ވިދާޅުވީ ލަވަކިޔާ ނުވަތަ ޑައިވް ކުރާ ރައީސެއް ދިވެހިން ބޭނުން ނުވާ ކަމަށެވެ. ރާއްޖެއަށް ބޭނުންވަނީ ރައްޔިތުންނަށާއި ހެއްދެވި ފަރާތަށް ތެދުވެރި ރައީސެއްކަމަށް ވިދާޅުވި އެވެ.

"ބޭނުންވަނީ ގައުމު އިސްލާމީ ހަމަތަކުގެ މަތިން ހިންގުމުގެ ކުޅަދާނަކަން ހުރި ރައީސެއް" ޒައިދު އިތުރަށް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ކަނޑު އަޑީގައި ކެބިނެޓު ބައްދަލުވުމެއް ބާއްވައި ތިމާވެށީގެ މައްސަލަތަކާއި ބެހޭގޮތުން ހާއްސަ މެސެޖެއް ދެއްވައިފަ އެވެ. ޑައިވް ކުރާ ރައީސެއްކަމަށް ވިދާޅުވެ ޒައިދު އިޝާރާތް ކުރެއްވީވެސް ރައީސް ނަޝީދަށް ކަމަށް ބެލެވެ އެވެ.

"ލޯބީގެ ހާދިސާ" މި ލަވައަކީ އުމަރު ޒާހިރުގެ އަޑުން ކިޔައިދީފައިވާ 90 ގެ އަހަރުތަކުގައި ވަރަށް ބޮޑަށް މަގުބޫލުކަން ހޯދި ލަވައެކެވެ. މިލަވައިގައި ކިޔައިދެނީ ދެމީހެއްގެ ދެމެދުގައި ދިމާވާ ހިތްދަތި ހާދިސާއެއްގެ ވާހަކަ އެވެ.

ރައީސް ނަޝީދުގެ އަޑުކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ މިލަވަ ފޭސްބުކްއާއި ޓިކްޓޮކްގައިވެސް ވަނީ ވައިރަލް ވެފަ އެވެ.

Ads by Allied Insurance
  1. ޒިލޭބި

    ލަވަމުބާރާތްބާއްވާާ ދީނައްފުރައްސާރުކޮއްް އެކާނގެެ ކަލާންފުޅައްް ގަޟާހާޖާކޮއްް މަސްދުވާތަކެތީންް މުޅިގައުމުު ފުރާލާާ ހަދާއިރުވެސްް ނުފެންނާތީީ އަޑުނުއިވޭތީީ އިހުސާސެއްނުހުންނާތީީ ހިތާމަކުރަންް ތީދީއެއްއެއްނޫންް ތިޔައްކިޔާއުޅެނީީ ވަކަރުގެކުދިންް އަދިި އަޅާތާކިހާބޮޑުވުމަކީީ އެންމެދީނީމީހާކަމަކައްް ގަބޫލެއްނުކުރެވޭޭ ތީދީބޭނުންގޮތްގޮތައްބަދަލުކޮއްް ދީނުންވިޔާފާރިކޮއްް އެއިގެންނާޖާއިޒުު މަންފާހޯދައިގެންް އަނބިދަރީންނައްް ކާންދީީ އުޅޭމީހުންް ކަލޭމެންގެެ ވިޔާނުދާކަމުންް މުގައުމުފަސާދަކޮއްް ފިތުނަކޮއްފިި އަދިވެސްމިފެންނަނީީ އިތުރައްް ގޯސްކުރާތަންް

  2. ޒަ ިޔަނި

    ހިދުކޮޅު ގެންނައް ބޭނުއްވާ ރައީސަކު ބޭނުމެށްނޫ:

  3. އަދެދޭ

    ފުޓުބޯޅަ ކުޅެ ވާދަމާ އައްޕަޑައިންކުޅެ ކޮރާކުޅެ މޫދުކުޅިވަރު ކުޅެގައުމުގެ ޚަޒާނާ ހުސްކޮށް ގައުމުގެ މަސްކަޑު ރައިއްޔަތުންނާވަގަށް ވިއްކާ ގައުމު އަޅުވެތިކޮށް، ނާއިންސާފުން މީހުންޖަލަށްލާ ތިމާބޭނުންވެއްޖެނަމަ ތިމާގެ ރަށުމީހުންނާ ބޭނުންހާ މީހަކު ޖަލުންނެރެ ގާނޫނުއަސާސީ ފައިދަށުލާ ބޭރުފަރަންޖީގައުުގެ ރައީސް އޮބާމާހެދިގެން އުޅެ، ގައުމު ޮޔާލި ގައުމަށް އެއްވެސް ތަރައްގީއެއް ނުގެނެވުނު ނާގާބިލު ރައީސެއްވެސް ދެވަނަފަހަރ މިގައުކަށް ބޭނުމެއްނުވޭ ޒައިދޫ، އެހެންމީހުނަށް އިނގިލި ދިއއކުރާއިރު ތިމާޔާ ދިމާލަށް ނަވާރައިނގިލި ދިމާވެފަ ހުރިކަން އެނގޭބާ.!!!