ޚަބަރު

އޮންއެރައިވަލް ވިސާގައި ދިވެހިންނަށް މިސްްރަށް ދަތުރު ކުރެވޭގޮތަށް ހަދައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މި މަހު 14 އިން ފެށިގެން މިސްރަށް ދަތުރުކުރާ ދިވެހިންނަށް "ވިސާ އޮން އެރައިވަލް" ލިބޭ ގޮތަށް ހަމަ ޖައްސައިފިއެވެ.

Ads by STELCO

މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުالله ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 14 ޖޫން 2023 އިން ފެށިގެން މިޞްރަށް "ވިސާ އޮން އެރައިވަލް" ލިބޭ ޤައުމުތަކުގެ ލިސްޓުގައި އަލުން ދިވެހިރާއްޖެ ހިމަނާފައިވާ ކަމަށެވެ.

“ އަޅުގަނޑުގެ އަޚް މިޞްރުގެ ފޮރިން މިނިސްޓަރ ސަމެހް ޝުކްރީއަށް ޝުކުރު ދަންނަވަން” ޝާހިދު ވިދާޅުވިއެވެ.

‏ޝާހިދު ވިދާޅުވީ މިއީ ދިވެހިރާއްޖެއާއި މިޞްރާ ދެމެދު އޮތް ޚާއްޞަ ގުޅުން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއް ކަމަށެވެ.

ދާދި ފަހުން ވަނީ ރާއްޖެއާއި ގެމްބިއާއި ދެމެދު ދަތުރު ކުރުމުގައި ވެސް ވިސާ ނަގަން ނުޖެހޭ ގޮތަށް ނިންމާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!