އީސީގެ ދެ މެމްބަރަކު ބޭނުންވަނީ ޑިމޮކްރެޓްސް ރެޖިސްޓްރީ ކުރުން ތިން މަހަށް ދަންމާލަން: ފުއާދު
އީސީގެ ދެ މެމްބަރަކު ބޭނުންވަނީ ޑިމޮކްރެޓްސް ރެޖިސްޓްރީ ކުރުން ތިން މަހަށް ދަންމާލަން ކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ފުއާދު ވިދާޅުވީ މިރޭ ބޭއްވި އިލެކްޝަންސް ކޮމިޝަންގެ ބައްދަލުވުމުގައި ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދިނުމާއި ގުޅޭ ގޮތުން ނެގި ވޯޓްގައި އެޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދޭން ވޯޓް ދިނީ ދެ މެންބަރުން ކަމަށެވެ.
“އެބޭފުޅުން ތުހުމަތު ކުރައްވަނީ އަޅުގަނޑު މަސައްކަތް ކުރަނީ ނުފޫޒެއްގެ ދަށުގައި ކަމަށް. އެހެންވީމާ އެބޭފުޅުން ބޭނުންވަނީ ޗެކް ކުރަން ގާނޫނުން ތިން މަސް ލިބޭތީވެ އޭގެ ކުރިން އެބޭފުޅުން ބޭނުންފުޅުނުވާ ކަމަށް” ފުއާދު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ މި ވަގުތު ތިއްބެވި ހަތަރު މެމްބަރުންގެ ތެރެއިން ޑިމޮކްރެޓްސް އުފެއްދުމަށް ދިން ވޯޓު ދެ ވޯޓު ދެ ވޯޓުން އެއްވަރު ވެފައިވާ ކަމަށެވެ. އަދި ޕާޓީ އުފެއްދުމާ ދެކޮޅަށް ވޯޓު ދިން މެމްބަރުން އެފަދައިން ވޯޓު ދިނީ ވަކި ސަބަބެއް އޮވެގެން ނޫން ކަމަށް ފުއާދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހިންގަވާ "ފިކުރެއްގެ ދިރުން" ގައި ޙަރަކާތްތެރިވެވަޑައިގަންނަވާ މެންބަރުން އިސްވެ ތިއްބަވައިގެން "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އުފައްދަވަން މަސައްކަތް ކުރައްވާ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދެއްވީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.
ހީވަނީ މާވަހަރު ނަގަން އުޅެނީހެން !