ޚަބަރު ސިޔާސީ

ސެކިއުރިޓީ ނުބަލަހައްޓައިގެން މަރާލައިފިއްޔާ އޮންނާނީ މަރުވެފަ: ރައީސް ނަޝީދު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅިގެން ފޮނުވާފައިވާ 14 ދުވަހުގެ ނޯޓިސް ހަމަވުމުން ދައުލަތުން އެމަނިކުފާނަށް ހާއްސަކޮށްފައިވާ މުރައިދޫގެއިން ނިކުންނަވާނެ ކަމަށާއި އޭރުން ސެކިއުރިޓީ ނުބަލަހައްޓައިގެން މަރާލައިފިއްޔާ އޮންނާނީ މަރުވެފައިކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.

Ads by MWSC

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވަނީ މުރައިދޫ ގޭގައި ދިރިއުޅުއްވުމާއި އެމަނިކުފާނަށް ދައުލަތުން ފޯރުކޮށްދޭ ސެކިއުރިޓީއާއި ގުޅޭގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަފުޅު ދައްކަވައިފަ އެވެ. އެގޮތުން ވިދާޅުވީ 14 ދުވަހުގެ މުއްދަތު ހަމަވުމުން މުރައިދޫގެއިން ނިކުމެވަޑައިގަންނަވަން ފަސްޖެހިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެގޭގައި އުޅުއްވަނީ އުޅުއްވާ ހިތުން ނޫންކަމަށާއި އެތަން އޮންނަނީ އުޅޭ ހިތްވާ ގޮތަށްވެސް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ތިބޭފުޅުންނަށް ފަހަރެއްގަ އެގެ ފެނިވަޑައިގެންފަ ނެތުނީމަ އެގެ ހުންނަ ގޮތާއި އަނދިރިކަމާއި ހުރިހާ ދިމާލަކުން ލައްޕާފަ ހުރި މިންވަރާ. މާތްރަސްކަލާންގެ ރަހުމަތުން އަޅުގަނޑަކީ ގޯތިގެދޮރު މާލޭގަ ދިރިއުޅޭނެ ގޮތެއް ނެތިގެން ހުރި މީހެއް ނޫން" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކެނެރީގެއަށް ބަދަލުވެވޭނެ ގޮތެއް ހޯދަން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެހެންކަމުން ނޯޓިސްއަށް 14 ދުވަސް ހަމަވާއިރު މުރައިދޫގެއިން ނިކުންނަވާނެކަމަށް ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ދައުލަތުން ފޯރުކޮށްދޭ އެންމެ މަތީ ފެންވަރުގެ ސެކިއުރިޓީއާއި ގުޅޭގޮތުން ވިދާޅުވީ ސެކިއުރިޓީ ބަލަހައްޓާނެތޯ ނުވަތަ ނޫންތޯ ވިސްނާވަޑައިނުގަންނަވާ ކަމަށެވެ. ސެކިއުރިޓީ ނުބަލަހައްޓައިގެން މަރައިލާނަމަ އޮންނާނީ މަރުވެފައިކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

"މިހާރުވެސް ކިރިޔާ އަޅުގަނޑު މިހުރީ" ރައީސް ނަޝީދު ގަތުލުކޮށްލަން ދިން ބޮމުގެ ހަމަލާއަށް އިޝާރާތް ކުރައްވައި ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް ނަޝީދު ވަކިވިޔަސް ދައުލަތުން ދޭ ސެކިއުރިޓީ ކަނޑައިނުލާނެކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އެއީ އެމަނިކުފާނަކީ ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެއްގެ އިތުރުން ބޮޑު ތްރެޓެއް އޮތް ބޭފުޅަކަށް ވާތީކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދައުލަތުގެ ފުރިހަމަ ސެކިއުރިޓީ ފޯރުކޮށް ނުދޭތަނެއްގައި ރައީސް ނަޝީދު ދިރިއުޅުއްވުމަކީ އެމަނިކުފާނުގެ ފުރާނައަށް ނުރައްކާވެދާނެ ކަމެއްކަމަށް އިންޓެލް މައުލޫމާތުގެ އަލީގައި ޑިފެންސް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ. ރާއްޖޭގައި މަސައްކަތް ކުރާ ހަރުކަށި ފިކުރުގެ ޖަމާއަތްތަކުން އެމަނިކުފާނު ގަތުލު ކޮށްލުމަށް ރާވަމުން ދާކަމަށް މީގެ ކުރިންވެސް ވަނީ ހާމަވެފަ އެވެ.

  1. އަހްމަދް

    މަލަކަލްމައުތު ނުބަލާނެ ކަލޭގެ ތިބީ ކިތަށް ސެކިއުރިޓީތޯ

  2. އަލީ ލަޠީފް

    ކަލޭ މަރުވެގެން ކަލޭގެ ކަށުނަމާދަށް ﷲ އަށް އީމާންވެގެން ހުރި ފުރިހަމަ މުސްލިމަކު ނުދާނެ