އިދިކޮޅު ޕީޕީއެމުން ވަކިވި އެ ޕާޓީގެ ސެނެޓް މެމްބަރު އަޙުމަދު ޣާލިބު، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.
އޭނާ ޕީޕީއެމުން ވަކިވެވަޑައިގަތީ މި މަހުގެ 10 ވަނަ ދުވަހުއެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން މިއަދު ބުނީ ކެލާ ދާއިރާގެ ކުރީގެ ރައީސްކަން ވެސް ކުރައްވާފައިވާ ޣާލިބާ އެކު ގިނަ އަދަދެއްގެ ބަޔަކު އެމްޑީީޕީއާ ގުޅިފައިވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް ބައިވެރިވެވަޑައިގަތެވެ.
އެމްޑީޕީއަށް ސޮއި ކުރެއްވުމަށް ފަހު ކުރެއްވި ޓުވީޓެއްގައި ޣާލިބް ވިދާޅުވީ، އޭނާ އެ ނިންމުން ނިންމެވީ އާއިލާ އަދި ކުރިން ޕީޕީއެމްގައި ތިބި ގިނަ ބަޔަކާ އެކު ކަމަށެވެ. އެއީ ފެށުމެއް ކަމަށް ވެސް ވިދާޅުވިއެވެ.
ތިމީހުންނަކީީ ފިހާރަތަކައްވިއްކާންލާާ މުދަލެްދޯ