ސަރުކާރުން އުޅެނީ އޮޅުވާލަން, މަޖިލީހަށް ފޮނުވި ބިލުން ޖުޑިޝަރީ މިނިވަން ކުރުމުގެ ނިޔަތެއް ނެތް: ޖަމީލް

ސަރުކާރުން އުޅެނީ އޮޅުވާލަން ކަމަށާއި މަޖިލީހަށް ފޮނުވި ބިލުން ޖުޑިޝަރީ މިނިވަން ކުރުމުގެ ނިޔަތެއް ނެތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
"ތިމާމެންނަށް ހެޔޮވަރަށް ސޫޓް ފަހަން އުޅެނީ އަބަދު މަގާމުގައި ތިބޭނެކަމަށް ދެކިގެންބާ؟ ނަމަކަށް ކަމެއް ކޮއްލީ" ޖަމީލް ވިދާޅުވެފައިވެއެވެ.
ޖްމީލް މިފަދައިން ވިދާޅުވިއިރު މި ބިލާއި ގުޅިގެން ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ވިދާޅުވީ މަޖިލީހަށް ހުށަހަޅާ މައިގަނޑު ބަދަލަކީ ޖޭ.އެސް.ސީ. ގެ މެންބަރުންގެ ޢަދަދަކީ 7 ކަމުގައި ކަނޑައަޅައި، ރައީސުލްޖުމްހޫރިއްޔާގެ މެންބަރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް، ޖޭ.އެސް.ސީ. ގެ މެންބަރުންގެ ގޮތުގައި ނުހިމެނޭ ގޮތަށް ކަނޑައެޅުން ކަމަށެވެ.
އަދި މިގޮތަށް ހުށަހެޅީ ޝަރުޢީ ދާއިރާގެ މައްޗަށް ދައުލަތުގެ އެހެން ބާރުތަކުން ނުފޫޒު ފޯރުވުން ހުއްޓުވުމަށާއި މިކަންކުރަން އެންމެ އެކަށޭނެ ގޮތެއް ހޯދުމަށް ޝަރުޢީ ދާއިރާއާއި އެނޫންވެސް ފަރާތްތަކާއި ޤާނޫނީ ފަންނުގެ ދާއިރާއާއި މަދަނީ ޖަމްޢިއްޔާތަކާއި ޢާންމުންގެ ޚިޔާލާއި މަަޝްވަރާގެ އަލީގައި ކަމަށް ވެސް ރިއްފަތު ވިދާޅުވިއެވެ.