ޚަބަރު

ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

Ads by MWSC

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި ހޮސްޕިޓަލަށް ގެންދިޔައިރުވެސް ފަތުރުވެރިޔާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ނިޔާވެފައިވަނީ އުމުރުން 45 އަހަރުގެ ފިރިހެނެކެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!