ޚަބަރު ސިޔާސީ

ރައީީސް ނަޝީދު ވަކިވެވަޑައިގަތުމަކީ އެމްޑީޕީއަށް ލިބުނު ބޮޑު ކުރިއެރުމެއް: ޒައިދު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އެމްޑީޕީން މުޙައްމަދު ނަޝީދު އިއްޔެ ވަކިވެވަޑައިގެންފައިވާތީ އިއްޔެ އަކީ އެ ޕާޓީ އަށް ވަރަށް ފަހި، އަދި ބޮޑު ކުރިއެރުމެއް ލިބުނު ދުވަހެއް ކަމަށް ރައީސް ނަޝީދަށް އަބަދުވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ޝެއިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޔެ އަކީ އެމްޑީޕީ އަށް ވަރަށް ބޮޑަށް ކުރިއެރުމެއް ވެސް ލިބުނު ދުވަހެއް ކަމަށާއި އެކަމަށް މަރުހަބާ ވެސް ކިޔާ ކަމަށެވެ.

ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވި އިރު ހުންނެވީ އެ ޕާޓީގެ ރައީސްގެ މަޤާމުގައެވެ.

އެމަނިކުފާނު ޕާޓީން ވަކިވެވަޑައިގެންނެވިއިރު، މި އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތުމުން އެމަނިކުފާނުގެ ސަޕޯޓަރުން އެމްޑީޕީގައި ތިބެ، ޕާޓީއާ ދެކޮޅަށް މަސައްކަތް ފެށިއެވެ.

އެ ފެކްޝަނުން މިހާރު މަސައްކަތް ކުރަމުން އަންނަނީ، "ދަ ޑިމޮކްރެޓްސް" މި ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށެވެ.

Ads by Ooredoo
  1. ޢަހްމަދު ރަސީދު

    މިއީ ފުރިހަމަ މުސްލިމު ގައޔމެއް. އަދާ ލަތުޕާޓީ ފަދަ ކަރަޕްޓް ވެފައި އޮތް ގައުމެއް ނޫން.

  2. އިއްބެ

    ހައްޖުމަހުގެމި10ދުވަހުﷲއަށްއަޅުކަންކުރުމަށްފަހުޤައުމަށްވިޔަސްމީހަކަށްވިޔަސްބޮޑުމުސީބާތެއްޖެހިފައިވާނަމަކެއްތެރިކަމާއިޚުލާސްތެރިކަމާއެތެދުވެރިނިޔަތަކާއެކުﷲއަށްދުޢާދަންނަވާށެވެއަދިރަޙުމަތްލެއްވުމަށްއެދިﷲގެޙަޒުރަތުގައިއާދޭސްދަންނަވާށެވެބަަރުގަދަކަމުންމީހެއްގެމޮޅުކަމުންކުރެވޭނޭކަމެއްނޯންނާނެއެވެ