ދުނިޔެ

ހައްޖުގެ އަޅުކަމަށްޓަކައި ޕާކިސްތާނުން ހިނގާފައި މައްކާއަށް ދިޔަ އުސްމާން!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކޮންމެ އަހަރެއްގެ ހައްޖު މޫސުމުގައި އެތައް މިލިއަން މުސްލިމުން މައްކާއަށް ޖަމާވެއެވެ. ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި މައްކާއަށް އެމީހަކަށް ދެވުނު ގޮތަކަށް ދެވުނު ހާއްލެއްގައި ދިޔުމަށް ކޮންމެ މީހަކުވެސް އަޒުމް ކަނޑައަޅައެވެ.

Ads by Sosun Fihaara

ޕާކިސްތާނަށް އުފަން އުސްމާން އަރްޝަދުގެ ވާހަކަ މީޑިއާއަށް ތިލަވެފައި މިވަނީ ފައިމަގުގައި 4000 ކިލޯ މީޓަރު ހުރަސް ކުރުމަށްފަހު މާތްވެގެންވާ މައްކާއަށް ހައްޖުގެ އަޅުކަން އަދާ ކުރުމަށް ދިޔުމުންނެވެ. ފައިމަގުގައި އުސްމާން ވަނީ 2485 މޭލު ކަޑައްތުކޮށްފައެވެ.

"އުމުރުން އެއްފަހަރު ނަމަވެސް ހައްޖުގެ އަޅުކަން އަދާކުރުމަކީ ކޮންމެ މުސްލިމަކުވެސް ކުރަން ބޭނުންވާނެ ކަމެއް. މާތް ﷲގެ ގެކޮޅަށް ޒިޔާރަތް ކުރުން ރަސޫލާގެ މިސްކިތައް ޒިޔާރަތް ކުރުން. އަހަރެން ވެސް ބޭނުންވި އެކަން ކުރަން. އެކަމަކު އަހަރެން ބޭނުންވީ ފައިމަގުގައި އަންނަން." އުސްމާން ބުންޏެވެ.

ހައްޖަށް ދިޔުމަށް އުސްމާން ފެށި މި ދިގު ދަތުރު އޭނާ ފަށާފައިވަނީ މިދިޔަ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އަދި މައްކާ އައުމަށް އޭނާ 6 މަސް ދުވަހުގެ ދިގު ދަތުރެއް ވަނީ ކޮށްފައެވެ.  މި ދަތުރުގައި އޭނާވަނީ ޕާކިސްތާނާއި އީރާނާއި ޔޫއޭއީ ހުރަސްކޮށްފައެވެ. އުސްމާން ބުނިގޮތުގައި އޭނާގެ ދަތުރުގައި ނިދާފައިވަނީ ޗެކް ޕޯސްޓުތަކާއި މިސްކިތްތައް ފަދަ ތަންތާންގައެވެ. އަދި ބައެއް ރޭރޭ ސަހަރާގެ ހަނަފަސްކަމުގައި ޓެންޓެއް ޖަހައިގެންވެސް ނިދާފައިވާނެކަމަށް އޭނާ ބުންޏެވެ. އަދި އޭނާގެ މި ދިގު ދަތުރު އޭނާވަނީ ޝޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

Ads by Ooredoo
  1. ފަސޭހަ ގޮތް އޮއްވާ ދަތި އުނދަގޫގޮތް ޚިޔާރު ކުރުން އޮވޭބާ؟؟؟

    • ތިހެން ތިޔަ ބުނީ އޭނަގެ ހާލަތު އެނގިގެން ތޯ؟ ފަސޭހަގޮތަށް ދެވޭ ނަމަ އެންމެން ހައްޖަށް ދާނެ އެއްނު.

    • ފަސޭހަގޮތް ހިޔާރުކުރާނެ ފައިސާނެތިއްޔާ މިގޮތްވެސް ރަގަޅު. މިކަމަކަށް ކޮންމެ މީހަކަށް ކުޅަދާނައެއް ނުވާނެ އަދި ފައިސާ ހަރަދުކޮއްގެން ދާންވެސް ކޮންމެ މީހަކަށް ކުޅަދާނަ ނުވާނެ. ޢެހެނވެދޯ ކުޅަދާނަކަން ލިބިގެން ވާމީހާޔަށް ހައްޖު އަދާކުރަން އޮންނަނީ.

  2. އަބްދޫ

    ފަސޭހަ ގޮތަށް ހަރަދުކުރާނެ ފައިސާ ނެތްނަމަ އުނދަގޯގޮތް ހިޔާރު ކޮށްގެންވެސް ގާބިލްކަން ހުންނަމީހާއަށް އެކަންކުރުންވާޖިބު.