ޚަބަރު

އެކުގައި މި ނިކުތީ ސަރުކާރު ބަދަލުކުރަން: ޕީޕީއެމް، ޑިމޮކްރެޓްސް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޕީޕީއެމް-ޕީއެންސީ އާއި ދަ ޑިމޮކްރެޓްސް ގުޅިގެން ތިބީ، މި ސަރުކާރު ބަދަލު ކުރުމަށް، ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަންވެސް ތައްޔާރަށް ކަމަށް އެ ދެ ފަރާތުން ވިދާޅުވެއްޖެއެވެ.

Ads by MWSC

ޕީޕީއެމް-ޕީއެންސީ އާއި ޑިމޮކްރެޓްސް ގުޅިގެން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މި ސަރުކާރު ބަލި ކުރަން މަސައްކަތް ކުރުމާ ގުޅޭ ގޮތުން މިއަދު ވަނީ މަޝްވަރާތައް ފަށައިފައެވެ.

މިއަދުގެ ބައްދަލުވުމާ ގުޅޭގޮތުން، ޕީޕީއެމްގެ ނައިބު ރައީީސް، އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަން ވަމުން އަންނައިރު، ޑިމޮކްރެޓްސްއާއެކު ކުރާ މަޝްވަރާތައް ބާރަށް ކުރިއަށް ގެންގޮސް، ދެ ފަރާތުން މަސައްކަތް ކުރާނެ ގޮތްތަކެއް ކަނޑައަޅާނެ ކަމަށެވެ.

"މިއަދު އަޅުގަނޑުމެން މި ވާހަކަ ދެއްކީ، އަޅުގަނޑުމެންގެ މައިގަނޑު ބޭނުން، އަޅުގަނޑުމެންގެ މައިގަނޑު ބޭނުމަކީ ކޮބައިތޯ؟ އެއީ މި ވެރިމީހާ ބޭލުން. މި ވެރިމީހާ ބާލަން އަޅުގަނޑުމެން ކުރެވޭނެ މަސއްކަތްތަކަކީ ކޮބައިތޯ؟"

ޝިޔާމް ވިދާޅުވީ، ދެ ޕާޓީއެއް ގުޅިގެން މަސައްކަތް ކުރާއިރު، އެ ބަޔަކު ޤަބޫލުކުރާ ކަންތައްތަކަށް އުނިކަން ނާންނާނެ ގޮތަށް އެއްބަސްވާން ޖެހޭނެ ކަމަށާއި، ޕީޕީއެމް-ޕީއެންސީގެ އެއްވެސް އަސާސަކަށް އުނިކަން އަންނާނެ ގޮތަކަށް އެއްބަސްނުވާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، އަމާޒަކީ، ކުރިއަށް އޮތްތަނުގައި ޑިމޮކްރެޓްސްއާއެކު ހަފްތާއަކު ތިން ބައްދަލުވުން ބޭއްވުން ކަމަށެވެ.

މި ނޫޫސްވެރިންގެ ބައްދަލުވުމުގައި މެދުހެންވޭރު ދާއިރާގެ މެމްބަރު، އަދި ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ޢަލީ ޢާޒިމް ވެސް ފާހަގަކުރެއްވީ، ޕީޕީއެމް-ޕީއެންސީއާ ގުޅިގެން ވިޔަސް، ވެރިކަން ބަދަލު ކުރުމުގެ އަމާޒަށް ވާސިލުވާން ޑިމޮކްރެޓުން ބޭނުންވާ ކަމެވެ.

"އަޅުގަނޑަށް ދަންނަވާލެވިދާނެ، ޑިމޮކްރެޓްސް ހަމަ ޔަޤީނުން ވެސް، މިއޮތް ސަރުކާރު، ނިމުމަކަށް ގެންނަން ކުރަންޖެހޭ ކޮންމެ ކަމެއް ކުރަން މިތިބީ ތައްޔާރަށް. އެހެންނަމަވެސް، އަޅުގަނޑުމެން ޤަބޫލުކުރާ ގޮތްތަކެއް، އެ ގޮތްތަކުގެ ތެރޭގައި ހިފަހައްޓާނަން."

ޢާޒިމް އިތުރަށް ވިދާޅުވީ، ދެ ފަރާތުގެވެސް މައިގަނޑު އޮތީ އެއް އަމާޒެއް ކަމަށާއި، އެއީ ވެރިކަން ބަދަލު ކުރުން ކަމަށެވެ.

Ads by Allied Insurance
  1. ގޫފީ

    އެންމެފަހުން ލާދީނީ ބައިގަނޑާ ގުޅުނީދޯ؟ ދެން ނުދޭނަން ޕީޕީ އެމް އަކަށް ވޯޓެއް.

  2. އަބުދުލް ޙަމީދު

    މިޤައުމުގެ 80%ރައްޔިތުންނުހަނު ލޯބިވާ ދެރައީސުންގެ ވިސްނުން އެތްމިސްރާބެތް
    ހިފީމާޗޯރެއްގެ ވެރިކަން ބަދަލު ކުރަން ކުރަން
    ޖެހޭ ކެމްޕޭ ނެއްވެސް އޮތްކަމަކައް ނުދެކެން.ޗޯރުކަނޑާލާ ޖަލައް.