ޚަބަރު ސިޔާސީ

މަހުލޫފު ވިދާޅުވަނީ ތަފާތު ކުޑަކޮށްވެސް، ބަލިވީމާ ދެރަ ކަމަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ފަރަޤު ކުޑަކޮށްވެސް ބަލިވުމަކީ ދެރަވާ ކަމެއް ކަމަށް ޔޫތު މިނިސްޓަރު އަޙުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މިނިސްޓަރު މިފަދައިން ވިދާޅުވީ އިއްޔެ ކުރިއަށް ގެންދިޔަ ބައި އިލެކްޝަންތަކުން އެމްޑީޕީ ބަލިވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އިއްޔެ ބައި އިލެކްަޝަންތައް ބާއްވާފައިވަނީ، ނ. މަގޫދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށާއި، ލ. ކަލައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެމްބަރަކު އިންތިޚާބު ކުރުމަށެވެ.

މި ދެ އިންތިޚާބުވެސް ކާމިޔާބު ކުރީ ޕީޕީއެމުންނެވެ. ކަލައިދޫ ބައި އިލެކްޝަން ކާމިޔާބުކުރީ ޕީޕީއެމްގެ ފަރާތުން ވާދަކުރި އައިޝަތު ސަފިއްޔާއެވެ. މަގޫދޫ ބައި އިލެކްޝަން ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓް އާމިނަތު ޔުމްނާ އަބްދުލް ޣަނީއެވެ.

އިންތިޚާބުވުމުން ބަލިވުމުން މަހުލޫފް ވިދާޅުވީ ކިތަންމެ ފަރަޤު ކުޑަކޮށްވިޔަސް، ބަލިވުމުން އެކަމާ ދެރަވާ ކަމަށެވެ. ނަމަވެސް މިފަހުން ބޭއްވުނު 8 ބައި އިލެކްޝަންގެ ތެރެއިން ފަސް ގޮނޑި އެމްޑީޕީ އަށް ކާމިޔާބުވެފައިވާ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

"ބައެއް ކަންކަން ރަނގަޅު ކޮށްލާފަ ބަދަހިކޮށް ޖެއްސީމަ އިރާދަކުރެއްވިއްޔާ އަދިވެސް ފަސޭހަކޮށް ކާމިޔާބުކުރެވޭނެ." މަހުލޫފް ވިދާޅުވިއެވެ.

ފަހަކަށް އައިސް ބާއްވާ ބައި އިލެކްޝަންތަކުގައި އެމްޑީޕީއާ ޕީޕީއެމުން އަންނަނީ ވަރަށް ވާދަވެރި ނަތީޖާތަކެއް ހޯދަމުންނެވެ.

Ads by Allied Insurance
  1. އިއްބެ

    ދަނޑެއްހަދާނަމަ50ފަހަރުވިނަފަޅާދިގުވެވިނައުފުރައިހަދަންޖެހޭނަމައެކަންވާނީއެހެންމަރުހޫމުއެދުރުދޮހުއްތުދީދީވިދާޅުވިގޮތަށް ކީގޮތްކޮބާބޯ ހަމައެކަނިބޯހުންނަނީމަހުލޫފެއެކަންޏެއްނޫން އެހެންމީހުންގެވެސްބޮލާސިކުނޑިހުރޭ