Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

ސަމާލުވޭ!އަރބަންކޯގެ ފަރާތުން "ބިންވެރިޔާ ސްކީމް"ގެ ލިސްޓާއި ބެހޭ އެއްވެސް މުޢާމަލާތެއް ނުކުރާނެ

ސަމާލުވޭ!އަރބަންކޯގެ ފަރާތުން "ބިންވެރިޔާ ސްކީމް"ގެ ލިސްޓާއި ބެހޭ އެއްވެސް މުޢާމަލާތެއް ނުކުރާނެ

އިއްޔެ އާއްމުކޮށްފައިވާ "ބިންވެރިޔާ ސްކީމް"ގެ ލިސްޓާއި ބެހޭގޮތުން އާރބަންކޯއިން އެއްވެސް މުޢާމަލާތެއް އެއްވެސް ފަރާތަކާއި ނުކުރާނެކަމަށާއި މި ސްކީމާއި ގުޅޭ އެއްވެސް ލިންކެން އެކޯޕަރޭޝަނުން ނުފޮނުވާނެކަމަށް އެކޯޕަރޭޝަނުން ބުނެފިއެވެ.

އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެކި ގޮތްގޮތުން ކުށްވެރިން މަސައްކަތް ކުރަމުން އަންނައިރު، މިފަދަ ކަންކަމަށް ސަމާލުވުމަށްވެސް އެކޯޕަރޭޝަނުން ދަނީ ދޭތެރެދޭތެރެއިން އިލްތިމާސްކުރަމުންނެވެ.

"އަރބަންކޯގެ ފަރާތުން "ބިންވެރިޔާ ސްކީމް"ގެ ގޯތި ނުވަތަ ފުލެޓު ލިސްޓާއި ބެހޭ އެއްވެސް މުއާމަލާތެއް ނުކުރާނެ. އަދި ސްޕޭމް ކޯލް ނުވަތަ ފައިސާއާއި ޕޭމެންޓާއި ބެހޭ އެއްވެސް ލިންކެއް ނުފޮނުވާނެކަން ހަނދުމަކޮށް އަރުވަން." އާރބަންކޯ އިން ބުނެފައިވެއެވެ.

Advertisement
Ooredoo — Square (box)

ސްކޭމް ކޯލްތަކާއި މެސެޖުތައް މެދުވެރިކޮށް މަކަރާ ހީލަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދަމުން ދާ މައްސަލައަކީ ރާއްޖޭގައި މިފަހުން ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. އަދި މިފަދަ ކޯލްތަކަށާއި މެސެޖުތަކަށް ސަމާލުވުމަށް ކަމާބެހޭ މުއައްސަސާތަކުން ދަނީ މެދުކެނޑުމެއް ނެތި އާއްމުންނަށް އިލްތިމާސްކުރަމުންނެވެ.

މި ޒަމާނަކީ އިންޓަރނެޓް މެދުވެރިކޮށް ފަސޭހަކަމާއެކު މަކަރާއި ހީލަތުން ފައިސާ އަތުލައިގަނެވޭ ޒަމާނަކަށްވާއިރު، އެގޮތަށް އަތުލާ ފައިސާ އަނބުރާ ހޯދަން އުނދަގޫވާނެކަމަށާއި، އެފަދަ ކަންކަމަށް ސަމާލުވެ ތިބުމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންްޖް އެންޑް ޓެކްނޮލޮޖީންވެސް ވަނީ މީގެ ކުރިން އިލްތިމާސްކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް