ޚަބަރު އިޖުތިމާޢީ

ކުޅުދުއްފުށީގައި ރޭ "ހަ ވާ" އަރުވައި އެންމެން ހައިރާން ކޮށްލައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ބޮޑު ޢީދާއި ގުޅިގެން ރާއްޖޭގެ ގިނަ ރަށްރަށުގައި ހަވާ އެރުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދިޔަ އިރު ކުޅުއްފުށީގައި ތަފާތު ގޮތަކަށް "ހަ ވާ" އަރުވައި ރައްޔިތުން ހައިރާން ކޮށްލައިފިއެވެ.

Ads by Sosun Fihaara

އީދު ޝެޑިއުލް ނެރުނު އިރު ޢީދު ދުވަހުގެ ރޭ ހިއްކި ސަރަހައްދުގައި "ހަަ ވާ" އަރުވާ ވާހަކަ އޮތެވެ. އެހެންވެ ރޭ އޮތް ސްޓޭޖް ހަރަކާތްތައް ބަލާލުމަށާ ހަވާ އަރުވާ މަންޒަރު ބަލަން ކުދި ބޮޑު އެތައް ބަޔަކު ޖަމާވިއެވެ. އެކަމަކު އީދުގެ ރޭގެ ހަރަކާތްތައް ނިމުނީ ހަވާ އެރުވުމެއް ނެތިއެވެ. ނަމަވެސް އީދު ޝެޑިއުލްގައި އޮތް ގޮތަށް "ހަ ވާ" އެރުވިއެވެ.

މިގޮތުން ނަން ޖެހުމަށްފަހު 6 ވައު ވަނީ މައްޗަށް އަރުވައިފައެވެ.

20:30 ގައި ފެށި މި ހަރަކާތް ބެލުމަށް ބަންޑާރަ މައިދާނަށް ކުދިބޮޑު އެންމެން ވަނީ ޖަމާވެފައެވެ. ކައިރި ރަށްރަށުން ދަތުރު ހަދާފައި ހަވާ ބަލަން އެރަށަށް ދިޔަކަމަށްވެސް ވެއެވެ. އަދި ކައިރި ރަށްރަށުންވެސް ކުޅުދުއްފުށީ ގައި އަރުވާ ހަވާ ބެލުމަށް ތައްޔާރުވަމުން ދިޔަ ކަމަށްވެއެވެ.

Ads by Ooredoo
  1. ހޯރަފުށީ ފަންކާ