ލައިފްސްޓައިލް

ދިވެހި ދެމަފިރިއަކު ކައިވެނީގެ ހަފްލާގައި ހެދުން އެޅިގޮތް، ވަރަށް ވެސް ތަފާތު

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކޮންމެ މީހަކުވެސް ދިރިއުޅުމުގައި އެންމެ އުފާވާނެ އެއް ދުވަހަކީ އަލަތު ކައިވެނި ކުރެވޭ ދުވަސް ކަން ޔަގީނެވެ. އެ އުފާވެރިކަން ފާހަގަ ކުރުމަށްޓަކައި ބާއްވާ ކައިވެނީގެ ހަފްލާ ކުލަގަދަ ކޮށް ބޭއްވުމަކީ ގިނަ ބަޔަކު ދެކޭ ހުވަފެނެއް ވެސް މެއެވެ. ކައިވެނީގެ ހަފްލާ އެހެން މީހުން ބާއްވާ ގޮތާއި ތަފާތުކޮށް ބޭއްވުމަކީ ވެސް ބައެއް މީހުން ބޭނުންވާ ކަމެކެވެ.

Ads by MWSC

ކައިވެނީގެ ހަފްލާ އެކި ގޮތަށް އެކި މީހުން ބޭއްވުމަށް ބޭނުންވާއިރު، ދިވެހި ރާއްޖޭގައި އަލަށް ކައިވެނި ކުރި ދެމަފިރިއަކު މިވަނީ ވަރަށް ތަފާތު ކަމެއް ކޮށްފައެވެ. ކައިވެނީގެ ހަފްލާގައި މި ދެމަފިރިން ލާފައި ވަނީ ތަފާތު ހެދުމެއްގައެވެ.

އިއްޔެ ކައިވެނި ކުރި މި ދެމަފިރިން ވެސް ކައިވެނީގެ ހަފްލާގައި ލައިގެން ހުރި ހެދުމަކީ ސާރު (ޑައިނަސޯ) ކޮސްޓިއުމެކެވެ. ގިނަ ބަޔަކު ރީތި ވެޑިން ޑްރެސް އެއްގައި ކައިވެނީގެ ހަފްލާގައި ތިބޭއިރު މި ދެމަފިރިން މި ފަދަ ހެެދުމެއް ކައިވެނީގެ ހަފްލާގައި ލުމަށް ހިޔާރު ކުރީ ކޮން ސަބަބަކަށް ބާވައެވެ.

ނަން ހާމަ ނުކުރުމަށް އެދި އިއްޔެ ކައިވެނި ކުރި ފިރިހެން މީހާދެންއާއި ވާހަކަ ދައްކަމުން ބުނީ، މި ކޮސްޓިއުމަކީ އޭނާ އަބަދުވެސް ބޭނުން ކުރާ ކޮސްޓިއުމެއް ކަމުގައެވެ. އެގޮތުން ކުޑަކުދިންގެ އުފަންދުވަހުގެ ޕާޓީ ތަކަށާއި އަދި ހިތާނީ ހަފްލާތަކަށް ވެސް މި ކޮސްޓިއުމްގައި އޭނާ ގޮސްފައިވާނެ ކަމުގައި އޭނާ ފާހަގަ ކުރިއެވެ. އަދި “ސާރު” ގެ ނަމުގައި އޭނާ ވަނީ ފޭސްބުކް ގައި ޕޭޖެއް ހަދައި އޭނާ ބައިވެރިވާ ކަންކަމުގެ ފޮޓޯ އަދި ވީޑިއޯ ވެސް ހިއްސާ ކޮށްފައެވެ.

މި ފިރިހެން މީހާ މި ކޮސްޓިއުމުގައި ދިޔައީ ޕާޓީ ތަކަށް އެކަންޏެއް ނޫނެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ދިރާގު ރޯޑް ރޭސް ވެސް މި ކޮސްޓިއުމްގައި ނިންމާފައެވެ. މިފަދަ ބޮޑު ކޮސްޓިއުމެއްގައި 5 ކިލޯމީޓަރަށް ދުވި ވާހަކަ ބުނުމުން އަޅުގަނޑުވެސް ހައިރާން ވިއެވެ. ނަމަވެސް ހަގީގަތަކީ އޭނާ އެ ރޭސް ނިންމީ ހަމަ އެކޮސްޓިއުމްގައި ހުރެ ކަމެވެ.

ކައިވެނީގެ ހަފްލާގައި މިގޮތަށް ހެދުން އެޅުމަށް ނިންމީ ކޮން ސަބަބަކާހުރެ ތޯ ކުރި ސުވާލަކަށް ޖަވާބު ދެމުން އޭނާ ބުނީ، އެ ދެމަފިރިން ވެސް ބޭނުންވީ ދެމަފިރިންގެ ކައިވެނީގެ ހަފްލާވެސް ވަރަށްމެމޯރެބަލްހަފްލާއަކަށް ވާން ކަމަށެވެ. އަދި ފުރަބަންދުގެ ކުރިން މި ކައިވެނި ކުރުމަށް ޕްލޭން ކުރީ ވަރަށް ކުލަގަދަކޮށް ކައިވެނީގެ ހަފްލާ ބޭއްވުމަށް ކަމަށްވެސް އޭނާ ބުންޏެވެ

ފުރަބަންދުގެ ސަބަބުން ކަންތައްތައް ދިޔައީ މި ދެމަފިރިން ބޭނުންވާ ގޮތަކަށް ނޫނެވެ. އެގޮތުން ކައިވެނި ކުރުމުގެ ކަންކަން ވެސް ބަދަލު ވީ އޮންލައިންކޮށް ކުރާ ގޮތަަށް ކަމަށާއި ކައިވެނީގެ ހަފްލާ ވެސް އެންމެ ބޭނުންވާ ގޮތަށް ބޭއްވުމުގެ ފުރުސަތު ނުލިބުނު ކަމުގައި އޭނާ ބުންޏެވެ. އެހެން ނަމަވެސް އެ ދެމަފިރިން ބޭނުންވީ އެ ހަފްލާ އަކީ އެހެން ހަފްލާތަކާއި ތަފާތު ހަފްލާއަކަށް ހަދަން ކަމުގައި ވެސް އޭނާ ބުންޏެވެ.

ތަފާތު ގޮތަކަށް ކައިވެނީގެ ހަފްލާ ކުރިއަށް ގެންދާނެ ގޮތެއް ދެމަފިރިންވެސް ދިޔައީ ވިސްނަމުންނެވެ. ވިސްނަމުން ދަނިކޮށް ކައިވެނި ކުރި ފިރިހެން މީހާ މި ހިޔާލު ސިކުނޑިއަށް  އައުމުން އަންހެނުން ކައިރީގައިވެސް އެ ހިޔާލު ހިއްސާ ކުރި ކަމަށް އޭނާ ބުންޏެވެ. އަބަދުވެސް ކުރާ ކޮންމެ ކަމެއްގައި ވެސް އަންހެނުންގެ ސަޕޯޓް ލިބޭ ކަމަށް ފާހަގަކުރަމުން އޭނާ ބުނީ މި ކަމަށް ވެސް އަންހެނުންގެ ފަރާތުން ސަޕޯޓު ލިބުނު ކަމަށެވެ. އަދި އެ ކޮސްޓިއުމްގައި ކައިވެނީގެ ހަފްލާގައި ތިބުމަށް ނިންމި ކަމުގައި އޭނާ ބުންޏެވެ.

މި ދެމަފިރިންގެ ކައިވެނީގެ ހަފްލާ ބާއްވާފައިވަނީ ހަމަ އެކަނި އާއިލާ އާއި ރައްޓެހިންނަށެވެ. އެޗްޕީއޭގެ ގައިޑްލައިންތައް ބުނާ ގޮތުން ނަމަ ގިނަ ބަޔަކު ބައިވެރިވެގެން ކައިވެނީގެ ހަފްލާއެއް މި ހާލަތުގައި ނުބޭއްވޭނެއެވެ.

މި ކައިވެނީގެ ހަފްލާ ބޭއްވުމުގައި ގިނަ ބައެއްގެ އެހީތެރިކަން ލިބުނުކަން ފާހަގަ ކުރަމުން ކައިވެނި ކުރި ފިރިހެން މީހާ ބުނީ، ކައިވެނީގެ ރަން ތައްޔާރު ކޮށްދިންވެޑިން މަހްރުއަށް ހާއްސަ ޝުކުރެއް އަދާ ކުރާ ކަމަށެވެ.

ކައިވެނީގެ ހަފްލާގައި ބޮޑެތި އަދި ޝާހީ ހެދުންތައް ލުމަށް ގިނަ ބަޔަކު ލޯބި ކުރާ އިރު މި ދެމަފިރިން މި ހިޔާރު ކުރީ ވަރަށް ތަފާތު ގޮތެއް ކަން ޔަގީނެވެ. އަދި މި ހަފްލާ ހަމަ ގައިމު ވެސް އެ ދެމަފިރިން ބޭނުންވި ފަދަމެމޯރިއަލްކައިވެނީގެ ހަފްލާއަކަށް ވީކަން ވެސް ގައިމެވެ.

Ads by Allied Insurance
  1. ޓަކި

    ކައިވެނި ފަދަ މާތް ހަފްލާ އެއް ގެ ހުރުމަތް ކަނޑާލީނު

  2. ދެން

    އިއްޔެ ކައިވެނިކުރީ. އަބަދުވެސް ކުރާ ކޮންމެ ކަމެއްގައި އަންހެނުން އެހީތެރިކަން ލިބެޔޯ. އޮަޅިއްޖެ

    • މަރިޔާ

      ކައިވެނި ކުރުމުގެ ކުރިންތަ ދެމަފިރިންނަށް ވީ

    • ިަރަތ ހާ

      މަވެސް ކިޔަމުންދިޔަވަގުތު ލޮލުގައެޅި ކައިވެނި ކުރީި އިއްޔެ އެކަމް މީގެކުރިންވެސް ކުރާ ހުރިހާކަމެއްގަ އަނބިމީހާގެ އެއްބާރުލުންލިބޭ ކިހިނެއްވާކަމެއްބާއޭ މަގޭހިތައްމިއަރަނީ

  3. މާރި

    ދެމަފިރިންގެ ކައިވެނީގެ ޙަފްލާ ާާާ ާ ބޭއްވީ ކިހިނެއް؟ ކައިވެނި ކުރީމައޭ ދެމަފިރިންނަށް ވަނީ

  4. ޖީން

    ތީކީ މާ މޮޅު ކަމެއް ނޫން ލަދެއް ހަޔާތެއް ނެތީލަ ކުރާ ކަހަލަ ކަންތައް ތިއީ …..

  5. އަކު

    ޥަރަށް އަގީދާ ބަލިކަށި ދުނިޔޭގެ ޒީނަތާއި ޝައިތާނީ ހިޔާލާތުގެ ތެރެއިން މަޝްހޫރުވާން ކުރިކަމެއް. އިންސާނާ އިންސާނެއްގެ ސޫރައިގަ ހެއްދެވުމުން އެސޫރަ ކަމުނުގޮސްގެން ވަލުޖަނަވާރުންގެ ސޫރަ ރީތިވެގެންއުޅުމަކީ އެފަދަ ހިތްތަކާއި ސިކުނޑިތައް ތައައްޔަރުވެފައިވާވަރު ބޭރުފުށުން ދައްކުވައިދިން ކަމެއް. ހާއްސަކޮށް ކައިވެނީގެ މަތިވެރި ގުޅުމުގެ ތެރެއިން.

  6. ވަޮލް

    ބޯ ހަމަޖެހޭ މޮޔައިންވެސް އުޅޭ ކަން އެބަ ސާބިތުވޭ. ހަމަ އެޓެންޝަން ސީކް ކުރަން.

  7. އާފާގް

    އައްޗީ އައްޗީ!! ވަރަށްވެސް މުޑުދާރު ހުތުރު ގޮތަކަށް ކައިވެނީގެ މާތް ހަފްލާއެއް ތި ނިންމާލީ ތި ޒާތައް ތިކަން ކުރަން އެންމެ ރަގަޅުވާނީ ވަލު ޖަނަވާރުން އުޅޭ ޖަންގަލިތަށް