މާލޭގެ ގެއެއްގެ ތެރެއިން ނިޔާވެފައި އޮތް މީހަކު ފެނިއްޖެ
މާލެ ގެއެެއްގެ ތެރެއިން ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ ފިރިހެނެކެވެ. އެ މީހާ ފެނިފައިވަނީ ލޮނު ޒިޔާރަތް މަގުގައި ހުރި ގެއެއްގެ ތެރެއިންނެވެ.
ފުލުހުން އެ ސަރަހައްދުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.
 
Ads by Ooredoo
 
  
  
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
