ސިއްޙަތު

ކޮވިޑް-19 ފެތުރޭ މިންވަރު މިންވަރު އަވަސްވި ނަމަވެސް ބާރު ދަށްވެ، މަރުވާ މީހުންގެ އަދަދު މަދުވަނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ނޮވެލް ކޮރޯނާ ވައިރަސްގެ އާ ސްޓްރެއިންއެއް (ވައްތަރެއް) ދުނިޔޭގެ ބައެއް ހިސާބުތަކުން ފެނިފައިވާއިރު، މި އާ ވައްތަރުގެ ކޮރޯނާ ވައިރަސް ފެތުރޭ މިންވަރު އަވަސް ކަމަށް މީގެ ކުރިން ވެސް ސައިންސްވެރިން ވަނީ ފާހަގަ ކޮށްފައެވެ. ނަމަވެސް ،މި އައު ވައްތަރު ފެތުރޭ މިންވަރު އަވަސްވި ނަމަވެސް ވައިރަހުގެ ބާރު ގަދަވެ، ނުރައްކާތެރިކަން އިހުނަށްވުރެ ކުޑަ ކަމަށް ސައިންސްވެރިން މި ވަނީ ބުނެފައެވެ.

Ads by MWSC

މިއައު ސްޓްރެއިންގެ ސާސް-ކޮވް-2 ވައިރަހަށް ސައިންސްވެރިން ދީފައިވާ ނަމަކީ ޑީ614ޖީ އެވެ.

މިއުޓޭޓް ވެފައިވާ މި ވައިރަހުގެ ވައްތަރު ދަނީ ބައެއް އޭޝިއާ ގައުމުތަކުން ފެންނަމުންނެވެ. އެގޮތުން އިންޑިއާ އާއި ފިލިޕިންސް މީހުންގެ ގައިން ފެނިފައިވާއިރު، މެލޭޝިއާ އިން ވަނީ މި މިއުޓޭޝަންގެ 45 ކޭސް ފެނިފައެވެ.

ސިންގަޕޫރު ނެޝަނަލް ޔުނިވާސިޓީގެ ސީނިއާ ކޮންސަލްޓެންޓު ޕޯލް ތަމްބްޔާ ވިދާޅުވި ގޮތުގައި ޑީ614ޖީ މިއުޓޭޝަން އާއެކު ވައިރަސް ޖެހިގެން މަރުވާ މީހުންގެ އަދަދު ދުނިޔޭގެ ބައެއް ހިސާބުތަކުން ފާހަގަވެފައިވާ ކަމަށެވެ. އަދި މިއީ މި މިއުޓޭޝަން އާންމު ކޮރޯނާ ވައިރަހުގެ ސްޓްރެއިންށް ވުރެ ބާރު ދެރަކަން އަންގައިދޭ ކަމެއް ކަން އޭނާ ފާހަގަކޮށްފައިވެއެވެ.

ތަމްބާޔާ ވަނީ އާންމުކޮށް ގިނަ ވައިރަސް ތައް މިއުޓޭޓުވުމަށް ފަހު ބާރުދެރަވާ ކަން ފާހަގަކޮށްފައެވެ.

ޑަބްލިއުއެޗްއޯއިން ވެސް ވަނީ ވައިރަހުގެ އައު ސްޓެރެއިންގެ ސަބަބުން އިތުރު ބޮޑެތި މައްސަލަތަކާއި ކުރިމަތިވެދާނެ ކަަމަށް އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!