ޚަބަރު ސިޔާސީ

ހައުސިން މިނިސްޓްރީއަށް ގޯތި ދޫކުރެވޭނެ ހަމައެއް ނެތް: މުއިއްޒު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ ޤާނޫނުގައިވާގޮތުން ހައުސިން މިނިސްޓްރީއަށް ގޯތި ދޫކުރެވޭނެ ހަމައެއް ނެތްކަމަށް ކުރީގެ ބަންޑާރަ ނައިބު އަޙުމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދުމަށް ސަރުކާރުން ފަށާފައިިިވާ "ބިންވެރިޔާ ސްކީމް"ގެ ދަށުން 6000 އަށް ވުރެ ގިނަ ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބޭ މީހުންގެ ލިސްޓެއްވެސް އާއްމުކޮށްފައިވާ މި ދަނޑިވަޅުގައި މުޢިއްޒު ކުރެއްވި ޓްވީޓެއްގައިވަނީ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ ޤާނޫނުގެ ބައެއް ހިމަނާފައެވެ.

މާލެ ރައްޔިތުންނަށް ޚާއްސަކޮށް މާލެ ސަރަޙައްދުން 5000 ގޯތި ދޭނެކަން ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙު އިޢުލާންކުރެއްވީ މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައެވެ. މީގެތެރެއިން ފުރަތަމަ ދޫކުރާ 3000 ގޯތި ދޫކުރަނީ ހުޅުމާލެއާއި ގުޅީފަޅުންނެވެ.

އެއީ ހުޅުމާލެ ދެވަނަ ދިޔަވަހިން ދޫކުރާ 1000 ގޯތި އަދި ގުޅީފަޅުން ދޫކުރާ 2000 ގޯއްޗެވެ. މާލެ ރައްޔިތުންނަށް ޚާއްސަކޮށް 3000 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތުގައި 15،000 އަށްވުރެ ގިނަ ފޯމު ހުށައެޅިއެވެ.

މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ހުޅުމާލެއިން އިތުރު ބައެއް ހިއްކުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ވަނީ އިއްޔެ ވިދާޅުވެފައެވެ.

  1. އައިމިނަ

    މިކެންދޫ މީހުންނަށާއި ހަތިފުށީ މީހުންނަށް މާލޭ މީހުނަށް ގޯތިދީގެން ހާދަ ބާރެއް އެބްއަރައެވެ.