ޚަބަރު ސަރުކާރު

ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑަށް ކާނަލް ޝަރީފް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް އައްޑޫސިޓީ މަރަދޫ ފޭދޫ ލަކްސަމީވިލާ ކާނަލް އަޙްމަދު ޝަރީފް އައްޔަން ކުރައްވައިިިފިއެވެ.

Ads by STELCO

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މައުލޫމާތު ދެއްވި ގޮތުގައި ކާނަލް ޝަރީފް މި މަޤާމަށް ޢައްޔަނުކޮށްފައިވަނީ ޖޫން 22 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ކާނަލް ޝަރީފަށް މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވީ ޕީ.ސީ.ބީގެ ރައީސް ޢާޞިމް މުޙައްމަދެވެ.

ކާނަލް ޝަރީފު މީގެ ކުރިން އަދާ ކުރެއްވި ވަޒީފާތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު އެމް.އެން.ޑީ.އެފްގެ އެކި މަޤާމްތަކުގައި އިޙްލާސްތެރިކަމާއެކު ޚިދުމަތް ކުރައްވާ ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމް ހިމެނެއެވެ. އަދި އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަނުކުރެއްވުމާއި ހަމައަށް އެބޭފުޅާ ހުންނެވީ މިނިސްޓްރީ އޮފް ޑިފެންސްގެ ޑިޕާޓްމަންޓް އޮފް ސްޓްރެޓެޖިކް ސެކިއުރިޓީ އެންޑް އެސެސްމަންޓްގެ ޕްރިންސިޕަލް ޑިރެކްޓަރކަމުގެ މަޤާމުގައެވެ.

ކާނަލް ޝަރީފް ވަނީ އެމެރިކާގެ މެރިން ކޯރ ޔުނިވަރސިޓީއިން މާސްޓަރސް އިން މިލިޓަރީ ސައިންސް ޙާޞިލުކުރައްވާފައެވެ. އަދި ދުނިޔޭގެ އެކި ޤައުމުތަކުން މިލިޓަރީ ދާއިރާއިންނާއި މެނޭޖްމަންޓް ދާއިރާއިން ތަމްރީންތައް ފުރިހަމަކުރައްވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!