ޚަބަރު ސިއްޙަތު

ހުޅުމާލެ ހޮސްޕިޓަލުގައި އައިސީޔޫ އަދި އެންއައިސީޔޫ ފެސިލިޓީ ޤާއިމުކުރުުމަށް އެސްޓީއޯއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި!

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ފޮޓޯ: އެސްޓީއޯ

ހުޅުމާލެ ހޮސްޕިޓަލުން، އެ ހޮސްޕިޓަލުގައި އައިސީޔޫ އަދި އެންއައިސީޔޫ ފެސިލިޓީ ޤާއިމްކުރުމަށް އެސްޓީއޯއާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

Ads by STELCO

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެސްޓިއޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ސައީދެވެ. ހުޅުމާލެ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރ މާރިޔާ ސަޢީދެވެ.

ފޮޓޯ: އެސްޓީއޯ

ހުޅުމާލެ ހޮސްޕިޓަލުގައި އައިސީޔޫ އަދި އެންއައިސީޔޫ ފެސިލިޓީއެއް ޤާއިމުކުރެވުމުން އެ ހޮސްޕިޓަލުން މިހާރު ދެމުން ގެންދާ ޚިދުމަތްތައް ކުރިއަށް އޮތްތަނުގައި އިތުރަށް ފުޅާކުރެވިގެންދާނެއެވެ. އަދި މި މުހިންމު މަސައްކަތަކީ އެ ހޮސްޕިޓަލް ޓާޝަރީ ފެންވަރުގެ ތަނަކަށް ބަދަލުވެ، މި މުޖްތަމަޢުގައި ސިއްޙީ ޚިދުމަތްތައް އިތުރަށް ތަނަވަސްވެގެންދާނެ ކަމެއްކަމުގައި އެސްޓީއޯއިން ބުނެފައިވެއެވެ.

އެސްޓީއޯއިން ހިންގާ މި މަޝްރޫއު ނިމޭއިރު، ހުޅުމާލެ ހޮސްޕިޓަލުގެ އައިސީޔޫ އަދި އެންއައިސީޔޫ އަކީ އެންމެ ޒަމާނީ މެޑިކަލް ވަސީލަތް ތަކާއިއެކު ސިއްހީ އާލާތްތަކާއެކު އިންޓެގްރޭޓް ވެފައިވާ، ކަސްޓަމައިޒްޑް ތަނެއްގެ ގޮތުގައި ފެނިގެންދާނެއެވެ. އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މިހާރު ގާއިމްކުރެވިފައިވާ ސެންޓްރަލް ސްޓެރެލައިޒޭޝަން ޑިޕާޓްމަންޓަކީވެސް އެސްޓީއޯއިން ކުރިޔަށްގެންގޮސްފައިވާ މިފަދަ ކާމިޔާބު އެއް މަޝްރޫއެވެ.

މިވަގުތު އިތުރުވަމުން އަންނަ ބޮޑު އާބާދީއަށް ކޭޓާކުރުމަށް ހުޅުމާލޭގައިހުރީ ޖުމްލަ 17 އައިސީޔޫ އެނދެވެ. މި މަޝްރޫއާއެކު އިތުރު 24 އައުސީޔޫ އެނދު ހުޅުމާލޭ ހޮސްޕިޓަލްގައި ގާއިމްކުރެވިގެންދާނެއެވެ. އެއި 100% ވުރެގިނަ އިތުރުވުމެކެވެ. 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!