ރައީސް ނަޝީދު އެމްޑީޕީއާ ގުޅިއްޖެ ނަމަ ޕާޓީން ވަކިވާނަން: ރީކޯ މޫސަ
ރައީސް މުހައްމަދު ނަޝީދު ވެރިކަން ކުރާ މައި ޕާޓީ, އެމްޑީޕީއާ ގުޅިވަޑައިގެންފިނަމަ އެ ޕާޓީން ވަކިވާނެކަމަށް އެމްޑީޕީގެ ކުރީގެ ޗެއަޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
ރިޔާސީ ރޭސް 2023 ޕްރޮގަރާމްގައި ވާހަކަފުޅުދައްކަވަމުން މޫސަ ވިދާޅުވީ ރައީސް ޞާލިޙްގެ ވެރިކަމުގެ ތެރެއިން ފެނިގެން ދަނީ އަނިޔާވެރިކަމާއި ވަރަށް ބޮޑަށް ދުރުވެފައިވާ މަންޒަރު ކަމަށެވެ. އަދި މި ހިންގާ ފަސް އަހަރުގެ ތެރޭގައި ނިޒާމުން ބޭރުން މީހުން ހައްޔަަރުކޮށްގެ އުޅޭ ވާހަކަ އަޑު ނީވޭނެ ކަމަށާއި އެހެން ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގައި އެފަދަ އަމަލުތައް ފެނިފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ.
"ހަމަޖެހުން ވަރަށް ބޮޑަށް ގާއިމްވާތަން ފެންނަމުން މިދަނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ރާއްޖޭގަ އަނިޔާވެރިކަމާ ވަރަށް ބޮޑަށް ދުރަށް ދެވުނު ފަހަރެއް މި ފަސް އަހަރު ވެއްޖެއޭ. ވަރަށް ބޮޑަށް އަޅުގަނޑު ގަބޫލު ކުރަން އެކަން" މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ އެމްޑީޕީއަކީ 17 އަހަރު ވަންދެން ހިސޯރުކޮށްފައިވާ ޕާޓީއެއް ކަމަށެވެ. އަދި މިހާރު އެ ޕާޓީ އޮތީ މިނިވަންވެފަ ކަމަށާއި އެމްޑީޕީ މިނިވަން ކުރުމުގައި ރައީސް ޞާލިހް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް ވެސް ބޮޑުވަޒީރު ކަމަށްވެސް ކުރީގެ ރައީސް ނަޝީދަށް ދެން ވަޑައިނުގެންނެވޭނެ ކަމަށެވެ. އަދި އަލުން ރައީސް ނަޝީދަށް އެ ޕާޓީއަށް އަރުމުގެ ފުރުސަތެއް ވެސް ނުދެއްވާނެ ކަމަށާއި އެ ފުރުސަތު ރައީސް ނަޝީދަށް ލިބިއްްޖެ ނަމަ ޕާޓީގައި ނުހުންނާނެ ކަމަށް މޫސަ ވިދާޅުވިއެވެ.
"އަލުން ވަޑައިގަތުމުގެ ފުރުސަތެއް ވެސް ދެން ނެތް. އެ ފުރުސަތު ނަޝީދަށް ދީފިނަމަ ޕާޓީގައި ނުހުންނާނަން" މޫސަ ވިދާލުވިއެވެ.
މީ ދެންކާކު
މީދެން ކާކު
ކޮބާ. މީރާއަށް ދައްކަން އޮތް ލާރިގަނޑު. ލަދުކޮބާ