ޚަބަރު

އުނގޫފާރުން މާލެއަށް ދަތުރުކުރި ލޯންޗުގައި ބެޓެރިއެއް ގޮވައި ހަ މީހަކަށް އަނިޔާވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

އުނގޫފާރުން މާލެއަށް ދަތުރުކުރި ފެރީ ލޯންޗުގައި ބެޓެރިއެއް ގޮވައި ހަ މީހަކަށް އަނިޔާވެއްޖެއެވެ.

Ads by Sosun Fihaara

އެމްއެންޑީއެފުން ވިދާޅުވީ ރ.އަތޮޅު އުނގޫފާރުން މާލެއަށް 39 މީހުނާއެކު ދަތުރުކުރި "ކްރިސްޓަލް ސްޕީޑް" ކިޔާ ފެރީ ލޯންޗުގައި ބެޓެރިއެއް ގޮވުމުގެ ސަބަބުން ހަ މީހަކަށް އަނިޔާވުމުގެ ސަބަބުން އެހީތެރިވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި ހާދިސާ ހިނގީ އެރިޔަދޫ ރިސޯޓު ކައިރިން ކަމަށާއި އަނިޔާ ލިބުނު މީހުން އެރިޔަދޫ ރިސޯޓު ކްލިނަކަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!