ޚަބަރު ސިޔާސީ

ޑިމޮކްރެޓްސް އަކީ އެމްޑީޕީ ދެބައިވެގެން ނިކުތް ޕާޓީއެއް: ރައީސް ނަޝީދު

ރައުފާ ރަޝީދު ، ދެން އޮންލައިން

ދަ ޑިމޮކްރޭޓްސް އަކީ އެމްޑީޕީ ދެބައިވެގެން ނިކުތް ޕާޓީއެއް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

'ދަ ޑިމޮކްރޭޓްސް' އުފެއްދުމަށް ބޭއްވި ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެޕާޓީ އުފެދިގެން އަންނަނީ އެމްޑީޕީން ބޮޑުބައެއް ވަކިވެގެން ކަމަށާއި، އަދި އެޕާޓީ އުފެދިގެން އަންނަނީ އެމްޑީޕީގެ %80 މެމްބަރުންގެ މައްޗަށް ކަމަށެވެ.

އަދި މިނިވަން މުއައްސަސާތަކަށް ކުރަމުން އައި އުންމީދު ނާކާމިޔާބުުވެއްޖެ ކަމަށާއި ދަޢުލަތުގެ އާމްދަނީ އާއި ޓެކްސް އާމްދަނީ އިންތިހާއަށް އުފުލިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މާލޭގެ ރައްޔިތުން އިންތިހާއަށް ބޭނުންވެފައިވާ ކަންކަން އެބަހުރި ހަމަކަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ދަ ޑިމޮކްރޭޓްސް އަކީ ވެރިކަމުގައި އޮތް މޯޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ބައެއް ކަމަށެވެ. އަދި ދައުރު ނިމެމުން ދަނިކޮށް ޕާޓީ ދެބައިކޮށް، ވަޒީރު ބޭފުޅުން ގުޅިވަޑައިގަތީ ކުޑަފަޅިއާއި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރައީސް ޞާލިޙްގެ ވެރިކަން ކަމުނުދާކަމަށް ކަމަށާއި، އެހެންކަމުން ހުރިހާ ޕާޓީތަކެއް އެކުވެގެން ރައްޔިތުންނަށް ގޮތެއް ހޯދާދޭން ޖެހޭކަމަށެވެ. އަދި ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދެއްވުމަށް ރައީސް ޞާލިޙަށް އެތައް ފަހަރަކު ދަންނަވާފައިވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“ 18 ވަނަ އަހަރު ނިމުނީ، 19 ވަަނަ އަހަރު ނިމުނީ، 20، 21، 22 ވަނަ އަހަރު ނިމުނީ. އަދި އެންމެ ބޯހިޔާވަހިކަމެއްވެސް ނުދެވޭ. އަދި އެންމެ މީހަކަށް ތަނަކަށް ނުވަދެވޭ. މިއީ ދެވަނަ ފަހަރު ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ވެރިކަަމަށް އައި” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯތިދިނުމުގެ ގާނޫނީ ހައިސިއްޔަތު އޮތީ މާލޭ ސިޓީގެ މޭޔަރު މުއިއްޒުއަށް ކަމަށެވެ.

Ads by Ooredoo
  1. Mohamed Shareef

    ލޯގޯ އަކީ ރަޖިސްޓަރީ ކޮއްފައި އޮތް ކުންފުންޏެއްގެ ލޮގޯ އެއް. އެ ކުންފުނިން މިހާރު މައްސަލަ ޖައްސަނީ.