ސަނާ ހާާންއަށް ލިބުނީ ފިރިހެން ކުއްޖެއް

ބޮލީވުޑްގައި އުޅެ، ފިލްމީ ދާއިރާ ދޫކޮށްލި ސަނާ ޚާންއާއި، އޭނާހެ ފިރިމީހާ އަނަސް ސައީދަށް ފިރިހެން ކުއްޖަކު ލިބިއްޖެއެވެ.
އިއްޔެ އިންސްޓެގްރާމްގައި ދެ މީހުން ކުރި ޖޮއިންޓް ޕޯސްޓެއްގައި މިކަން ހާމަކޮށް، އެންމެންގެ ފަރާތުން ލިބުނު ހެޔޮ ދުޢާ އާއި ހެޔޮ އެދުންތަކަށް ޝުކުރު އަދާކޮށްފައިވެއެވެ.
ސަނާއަށް ދަރިއަކު ލިބިފައި މިވަނީ، ފިރިމީހާ އަނަސް، ޙައްޖުގެ އަޅުކަމަށް ފަހުގައި، އެނބުރި އައިތާ ކުޑަ ދުވަސްކޮޅެއްވީތަނާއެވެ.
މާބަނޑުކަން ހާމަކޮށް، މީގެ ކުރިން ދިން އިންޓަރވިޔުއެއްގައި ސަނާ ވަނީ، ދަރިފުޅު އުރާލުމަށް އޭނާ ކެތްމަދުވެފައި ހުރި ކަމަށް ބުނެފައެވެ.
ސަނާ އެކްޓިން ދޫކޮށްލީ، އިސްލާާމް ދީން އެންގެވި ގޮތަށް އުޅުމަށެވެ. އޭނާ އަނަސް އާއި ކައިވެނި ކުރީ، 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.