ޚަބަރު ސިޔާސީ

ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއަރޕާސަންއަކަށް ހަސަން ލަތީފު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އަލަށް އުފެއްދި ސިޔާސީ ޕާޓީކަމުގައިވާ ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއަރޕާރސަން އަކަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާރސަން ހަސަން ލަތީފް ހަމަޖައްސަވައިފިއެވެ.

Ads by Hajj Corporation

ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމަށް ޢިޔާސުއްދީން ސްކޫލުގައި ރޭ ބޭއްވި ޖަލްސާގައި އެޕާޓީގެ ވަގުތީ ދެއަރޕާސަންއަކަށް ހަސަން ލަތީފުގެ ނަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.

ރައީސް ނަޝީދު އިސްވެ ހުންނަވައި އުފެއްދި މި ޕާޓީ އުފެއްދުމުގެ ޖަލްސާގައި ރައީސް ނަޝީދުވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އެ ޖަލްސާގައި ރައީސް ނަޝީދާއި، އެމްއެންޕީއާއި، ޕީޕީއެމް، ޕީއެންސީގެ އިސްވެރިން ބައިވެރިވެއެވެ.

އެޕާޓީގެ ފުރިހަމަ ނަން 'ދަ ޑިމޮކްރެެޓްސް'ގެ އިތުރުން ރަމްޒީ ނަމެއްގެ ގޮތުގައި އާއްމުކޮށް ކިޔާ ނަމެއްގެ ގޮތުގައި “ޑިމޮކްރެޓްސް” ވަނީ ފާސްކޮށްފައެވެ. ލޯގޯގެ ގޮތުގައި ފާސްކުރީ “އެސްޓްރިކް”އެވެ. އެ ލޯގޯ އިން ރަމްޒުކޮށްދެނީ ދިވެހި ރުކާއި މުރަކައެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!