އަޅުކަމަކީ އިންސާނާއަށް ރޫހާނީ ސާފްތާހިރުކަމެއް ގެނެސްދޭ ކަމެއް: ޚުތުބާ

އަޅުކަމަކީ އިންސާނާއަށް ރޫހާނީ ސާފްތާހިރުކަމެއް ގެނެސްދޭ ކަމެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގައިއަލިއަޅުވާލައިފައިވާ މައުޟޫއު އަކީ" އިސްލާމްދީނަކީ ސާފްތާހިރުކަމުގެ ދީން "މިއެވެ.
ޚުތުބާގައި ބުނެފައިވަނީ ރިވެތި ފޭރާން ލުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެއް ކަމަށެެޗެ. އަދި ރީތި ވުމަކީ މާތް ﷲ ލޯބިވެވޮޑިގަންނަވާ ކަމެއް ކަމަށާއި މުސްލިމުން އަދާކުރަން ޖެހޭ އަޅުކަމުގައި ސާފްތާހިރުވެ ހުރުމަކީ ޝަރުތު ކުރައްވާފައިވާ ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
"އަޅުކަމަކީ އިންސާނާގެ ރޫހާނީ ސާފްތާހިރުކަމެއް ގެނެސްދޭ ކަމެއް, ބޭރުފުށުން އޭނާގެ ހަށިގަނޑާއި ފޭރާމާއި އަޅުކަންކުރާ ތަން ނަޖިހުން ތާހިރުކޮށް, އަޅުކަން ކުރުމަކީ ލާޒިމް ކަމެއް" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނެފައިވަނީ އަޅުކަންކުރާ ތަންތަނަށް ވަންނައިރުއާއި އަޅުކަމުގައި ތާހިރުވުމަކީ ކީރިތި ޤުރްއާނުގައި އަމުރު ކުރައްވާފައިވާ ކަމެއް ކަމަށެވެެ. އަދި އަޅުކަން ކުރުމުގައި ކަނޑައަޅުއްވާފައިވާ ކަންތައްތަކުގެ ތެރޭގައި ޖުނުބުވެރިކަމުން ތާހިރުވެ ހިނައިގަތުން ހިމެނޭ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.