ޚަބަރު ސިއްޙަތު

ރާއްޖެ އަންނަ ޙައްޖުވެރިންނާއި ޢުމްރާވެރިންނަށް ޚާއްޞަ ސްކްރީނިންގ ޕެކޭޖެއް ޓްރީޓޮޕް އިން ތަޢާރަފުކޮށްފި

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ފޮޓޯ: މީޑިއާ

ރާއްޖެ އަންނަ ޙައްޖުވެރިންނާއި ޢުމްރާވެރިންނަށް ޚާއްޞަ ސްކްރީނިންގ ޕެކޭޖެއް ޓްރީޓޮޕް ހޮސްޕިޓަލުން ތަޢާރަފުކޮށްފިއެވެ.

Ads by Sosun Fihaara

ހެލްތް ސްކްރީނިން ޕެކޭޖުތަކެއް ޙައްޖުވެރިންނާއި ޢުމްރާވެރިންނަށް ޚާއްޞަކޮށްގެން ތަޢާރަފުކޮށްފައިވަނީ ޙައްޖުން އަދި ޢުމްރާއިން އެނބުރި އަންނަ މީހުންގެ ސިއްޙަތު ރަނގަޅުތޯ ބެލުމަށްޓަކައި ކުރިއަށް ގެންދެވޭ ޓެސްޓުތަކެއް ހިމެނޭގޮތަށްކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ.

ޙައްޖާއި ޢުމްރާ ފަދަ މީހުން އެއްވެ އުޅޭ ދުވަސްވަރު ގައިންގަޔަށް އަރާ ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން ދަތުރުކުރުމުގެ ކުރިންނާއި ފަހުން މެޑިކަލް ޗެކަޕް ހެދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ޙައްޖާއި ޢުމްރާ ހެލްތް ސްކްރީނިންގ ޕެކޭޖްތައް ތަޢާރަފްކުރުމާއި، ދަތުރުފަތުރުކުރުމަށް ބޭނުންވާ ގޮތަށް ފަރުމާކުރެވިފައިވާ ކޮމްޕްރިހެންސިވް ހެލްތް ޗެކަޕްތަކާއި، ދަތުރުކުރުމަށްފަހު ކުރަންޖެހޭ ޚާއްޞަ ޕޯސްޓް މެޑިކަލް ޗެކަޕްއެއް އެ ޕެކޭޖުގެ ދަށުން ފޯރުކޮށްދޭނެކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

ޓްރީޓޮޕުން ބުނީ ޕޯސްޓް މެޑިކަލް ޗެކަޕްގެ ބޭނުމަކީ ޙައްޖު ދަތުރުގައި ޖެހޭ އެއްވެސް ބައްޔެއް، ވައިރަހެއް، ނުވަތަ އެއްވެސް ބައްޔެއް ފެތުރުމުގެ ނުރައްކަލެއް ހުރިތޯ ބަލައި ޗެކްކޮށް އެ ބައްޔެއް ފެތުރުމުގެ ފުރުސަތު ކުޑަކުރުން ކަމަށާއި މި ޕެކޭޖުގެ އަގަކީ 1500/- ރުފިޔާކަމަށެވެ.

މި ޕެކޭޖުގެ ދަށުން އެ މީހެއްގެ ޙާލަތާ ގުޅިގެން މެޑިކަލް އޮފިސަރުންނާއި ވާހަކަދެއްކުމުގެ ފުރުޞަތާއި، ފުލް ބްލަޑް ކައުންޓެއް ހެދުމާއި، ސީއާރްޕީ ދިނުމާއި، އިންފުލުއެންޒާއާއި ބީ ރެޕިޑް ޓެސްޓު ހެދުމާއި، ރީނަލް ޕްރޮފައިލް އަދި ލިވާ ޕްރޮފައިލްފަދަ ޓެސްޓުތައް ހެދެން ހިމެނޭކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!