ޚަބަރު ރައްޔިތުންގެ މަޖިލިސް

އެމްޑީޕީން ހުށަހެޅި ގޮތަށް ކޮމިޓީތައް އެކުލަވައިލަން ފާސްކޮށް، މިރޭ 9ގެ ކުރިން ނަންތައް ފޮނުވަން އަންގައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލުކުރާ ގޮތަށް އައި ބޮޑު ބަދަލާ ގުޅިގެން ދާއިމީ ކޮމިޓީތައް އެކުލަވާލުމުގައި ސަރުކާރު ހިންގާމައި ޕާޓީ އެމްޑީޕީ ހުށައެޅިގޮތަށް ކޮމިޓީތައް އެކުލަވާލަން ފާސްކޮށް މިރޭ 9:00 ގެ ކުރިން ކޮމިޓީތަކުގައި ތިއްބަވާނެ މެމްބަރުންގެ ނަންތައް އެންގުމަށް ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުންނަށް އަންގައިފިއެވެ.

Ads by MWSC

މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. ކޮމިޓީތައް އެކުލަވާލުމަށް އިދިކޮޅުން ހުށައެޅި 10 އިސްލާހު ބޭރުކޮށްލުމަށްފަހު އެމްޑީޕީން ހުށައަޅާފައިވަނީ އެމްޑީޕީ އަށް 64 ޕަސެންޓް، ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރުންނަށް 21 ޕަސެންޓް، ޕީޕީއެމްއަށް 06 ޕަސެންޓް، ޕީއެންސީއަށް 03 ޕަސެންޓް، އެމްއެންޕީ އަށް 03 ޕަސެންޓް، ޖޭޕީ އަށް 02 ޕަސެންޓް، އެމްޑީއޭއަށް 02 ޕަސެންޓް ލިބޭގޮތަށް ކޮމިޓީތައް އެކުލަވާލުމަށެވެ.

އެގޮތަށް, ކޮމިޓީތައް އެކުލަވާލަން ފާސްކުރީ 35 މެމްބަރުންގެ ވޯޓާ އެކު އެވެ. އެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދެއްވީ 14 މެމްބަރުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންތަކެއް އެޕާޓީން ވަކިވުމާ ގުޅިގެން އެމްޑީޕީއަށް ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ގެއްލިފައިވާއިރު، އޭގެފަހުން މަޖިލީހުގެ ކޮމިޓީތައް އެކުލަވައިލުމަށް މަޝްވަރާތައް ކުރެވުނު ނަމަވެސް ގޮތެއް އަދި ނިމިފައެއް ނުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!