Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޑިއުޓީ ނިމުމުން، ގެއަށް ދިޔުމަށް އަންގައި، އިންޒާރުގެ މެސެޖެއްދޭ މި ކުންފުންޏަށް ގިނަ ބައެއްގެ ސަމާލުކަން!

ޑިއުޓީ ނިމުމުން، ގެއަށް ދިޔުމަށް އަންގައި، އިންޒާރުގެ މެސެޖެއްދޭ މި ކުންފުންޏަށް ގިނަ ބައެއްގެ ސަމާލުކަން!

އޮފީސް ގަޑި ނިމުމާއެކު ސިސްޓަމްތައް ނިވި މުވަޒަފުންނަށް ގެއަށް ދިޔުމަށް އަންގާ އިންޑިއާގެ ޓެކް ކުންފުންޏެއްކަމުގައިވާ "ސޮފްޓް ގްރިޑް" ކުންފުނި ގިނަބައެއްގެ ސަމާލުކަމަށް އަތުވެއްޖެއެވެ.

ގާތްގަނޑަކަށް 40 ވަރަކަށް މުވައްޒަފުން މަސައްކަތް ކުރާ މިކުންފުނީގެ އޮފީސް ގަޑި ޖެހުމާއެކު ކޮމްޕިއުޓަރ ސިސްޓަމަށް އިންޒާރުގެ މެސެޖެއް އާދެއެވެ. މި މެސެޖުގައި ޑިއުޓީ ގަޑި ނިމުނީ ކަމަށާއި ގެއަށް ދިޔުމަށް ސްޓާފުންނަށް އަންގައެވެ.

"މުވައްޒަފުގެ ޑިއުޓީ ގަޑި ނިމިއްޖެ. އޮފީސް ސިސްޓަމް 10 މިނެޓު ތެރޭގައި ނިވޭނެ. އަވަހަށް ގެއަށްދޭ" އޮފީސް ގަޑި ނިމުމާއެކު ސިސްޓަމަށް އަރާ މެސެޖުގައި ބުނެފައިވެއެވެ.

Advertisement
Allied — Dhen Online (box)

މަދްޔަ ޕްރަދޭޝް ސްޓޭޓްގެ އިންދޯރު ސިޓީގައި ހުންނަ އިންޑިއާގެ މި ކުންފުނީގެ 40 މުވައްޒަފުންގެ ކޮމްޕިއުޓަރު، ރޭގަނޑު ހަތެއް ޖަހާއިރު އޮޓަމެޓިކުން ނިވެއެވެ.

ސޮފްޓްގްރިޑްގެ ސީއީއޯ އަދި ކޯ ފައުންޑަރ ޝްވޭތާ ޝުކްލާ ވިދާޅުވީ މި ނިންމުމަކީ މުވައްޒަފުންނަށް މަސައްކަތާއި ދިރިއުޅުމުގެ ބެލެންސް ރަނގަޅު ކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނިންމި ނިންމުމެއްކަމަށެވެ. އަދި އެކުންފުނީގެ މި ނިންމުމަށް ބައެއް ކަސްޓަމަރުން ހިތްހަމަ ނުޖެހުނު ނަމަވެސް މުވައްޒަފުންގެ ހިތްހަމަޖެހުން ކުންފުންޏަށް މާ މުހިންމުކަމަށާއި އެނިންމުން ބަދަލުކުރުމުގެ ވިސްނުމެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

އެކުންފުނީގެ ސިސްޓަމްތަކުން ދޭ މިމެސެޖް ކުންފުނީގެ މުއައްޒަފަކުވަނީ ޝޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

މިއާއެކު ގިނަ ބައެއްގެ ސަމާލުކަމަށް މިކުންފުނި އައިސްފައިވާއިރު، ބައެއް މީހުން ދަނީ މިކުންފުންޏަށް ތައުރީފުވެސް ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް