ޚަބަރު ސިޔާސީ

ރައީސް ޞާލިޙް ޖުޑިޝަރީއަށް އަތްބާނާ ކަމުގެ ހެކި އެބަހުރި: ޖަމީލް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ޝަރުއީ ދާއިރާއަށް އަތްބާނާ ކަމުގެ ފުރިހަމަ ހެކި އެބަހުރި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޖަމީލް މިފަދައިން ވިދާޅުވީ މައްސަލަތަކުގައި ހުކުމް ކުރުމުގެ ބާރާއި އިހްތިޔާރު ޝަރުއީ ދާއިރާއަށް ފުރިހަމަ މިނިވަންކަމާ އެކު މިހާރު އޮންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ވިދާޅުވުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއް ޙުކުމުން މިންޖުވާއިރަށް އަނެއް ޙުކުމް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަންނަ ކަމަށާއި އެ ހުކުމްތަކަކީ ކަނޑައެޅިގެން ބޮޑެތި ގޯސް ހަދާފައިވާ ހުކުމްތަކެއް ކަމަށެވެ.

“ކޮންމެ ފަހަރަކު ވެސް ޔާމީނަށް ހުކުމް އިއްވާ ގާޒީ އަށް ޕްރޮމޯޝަން ލިބޭ. ނުފޫޒްގެ މާނަވެސް ނޭގެނީތޯ؟ އަދީބު ވީ ކޮންތާކު؟ މަނިކުފާނު ޖުޑިޝަރީއަށް އަތްބާނާ ކަމުގެ ފުރިހަމަ ހެކި އެބަހުރި." ޖަމީލު ވިދާޅުވިއެވެ.

ރިޔާސީ ކެމްޕެއިނަށް ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ނޫމަރާއަށް ވަޑައިގެން ރައީސް ޞާލިޙް ވިދާޅުވީ މި ސަރުކާރުން ކުރި އެންމެ މުހިންމު ކަމަކީ ގާނޫނީ އިމުގެ ތެރެއަށް ރުޖޫއުވެ ގާނޫނީ ތަރަހައިގެ ތެރޭގައި ކަންކަން ނިންމުން ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!