ޚަބަރު

މުސްލިމުންނަށް ޢިއްޒަތާއި ގަދަރު ލިބެން އޮތީ އެމީހެއްގެ އަޤީދާ ހިފެހެއްޓި ވަގުތަކުން: ޚުތުބާ

ރައުފާ ރަޝީދު ، ދެން އޮންލައިން

މުސްލިމުންނަށް ޢިއްޒަތާއި ގަދަރު ލިބެން އޮތީ އެމީހެއްގެ އަޤީދާ ހިފެހެއްޓި ވަގުތަކުން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

Ads by STELCO

މިއަދުގެ ހުކުރުޚުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއުއަކީ" ހިޖުރައިގެ ޒިކުރާއާއި ފިލާވަޅުތައް "މިއެވެ.

ހުތުގައި ބުނެފައިވަނީ އެންމެ މަތިވެރި ހިޖުރައަކީ ނުބައި ކަންތައްތައް ދޫކޮށް, ރަނގަޅު ކަންތައްތައް ހިޖުރަކުރާ މީހާ ކަމަށެވެ. އަދި މުސްލިމުންނަށް އިއްޒަތާއި ޣަދަރު ލިބުން އޮތީ އެމީހުންގެ އަޤީދާގައި ހިފެހެއްޓި ވަރަކުން ކަމަށާއި އަޤީޑާ ބަލިކަށިވި ވަރަކަށް ނިކަމެތިވާނެ ކަމަށެވެ.

މީގެ އިތުރުން މާއްދީ ވަސީލަތްތައް ކިތަންމެ ވަރުގަދަ ވިޔަސް އީމާންކަން ބަލިކަށިވެ, އަޤީދާގައި ރެނދު އަޅައިފި ނަމަ, އެ ބަޔަކު ބަލިވެދާނެ ކަމަށް ހުތުބާގައި ބުންޏެވެ. އަދި ހިޖުރައިގެ ވާހަކައަކީ މުނިފޫހިފިލުވުމަށް ޓަކައި ކިޔާލަން ޖެހޭ ވާހަކައެއް ނޫން ކަމަށާއި އެއީ ޖާހިލުކަމާއި ކުފުރުގެ ރާޅުތަކުން އަރަމުން ދިޔަ ސަހަރާއެއްގެ މެދުތެރޭގައި މުސްލިމުންނަށް ވަތަނެއް ގާއިމްކޮށްދިން ހާދިސާއެއް ކަމަށް ހުތުބާގައި ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!