ބޮލީވުޑް މުނިފޫހިފިލުވުން

ތަމަންނާއާ ލޯބިން އުޅެނީ މީހުންނަށް ދެއްކޭކަށް ނޫން، އަސްލުވެސް ލޯބިވެގެން: ވިޖޭ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ތަމަންނާ ބާޓިއާ އަދި ވިޖޭ ވަރުމާ

ބަތަލާ ތަމަންނާ ބާޓިއާ އާއިއެކު ލޯބީގެ ގުޅުން ބާއްވަނީ މީހުންނަށް ދެއްކެން ނޫން ކަމަށާއި އަސްލުވެސް އޭނާދެކެ ލޯބި ވާކަމަށް އެކްޓަރު ވިޖޭ ވަރުމާ ބުނެފިއެވެ.

Ads by Sosun Fihaara

ދެމީހުން އެއްކޮށް ފެންނަ ފިލްމު "ލަސްޓް ސްޓޯރީޒް 2" މިހާރު ނެޓްފްލިކްސްގައި ސްޓްރީމް ކުރަމުން ދާއިރު މިދެމީހުންގެ ލޯބީގެ ގުޅުމުގެ ވާހަކަ މީޑިއާގައި ދެކެވޭތާ ދުވަސްތަކެއް ވެއްޖެއެވެެ. އެހެންނަމަވެސް އެގުޅުމަކީ ފިލްމު ޕްރޮމޯޓު ކުރުމުގެ ގޮތުން މީހުންނަށް ދެއްކެން ވިޖޭ ކުރާ ކަމެއްކަމަށް ތުހުމަތު ކުރެވުނެވެ.

މި ވާހަކަތައް ދޮގުކޮށް ވިޖޭ ދާދި ފަހުން ބުނީ ތަމަންނާއާއި އެކު ލޯބީގެ ގުޅުމެއް އޮންނަ ކަމަށެވެ. އަދި އެއީ މީހުންނަށް ދެއްކެން ނުވަތަ ޕަބްލިސިޓީ ހޯދަން ކުރާ ކަމެއް ނޫންކަމަށްވެސް އޭނާ ބުންޏެވެ.

ވިޖޭ ބުނީ މިވާހަކަ މީޑިއާއަށް ސިއްރު ކުރަން މިހާރު ބޭނުން ނުވާ ކަމަށެވެ. އަދި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ދެން އިންކާރު ނުކުރާނެކަމަށްވެސް ބުންޏެވެ.

ތަމަންނާވެސް ވަނީ މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ ވިޖޭއާއިއެކު އުފެދުނީ ވަރަށް ހާއްސަ ގުޅުމެއް ކަމަށެވެ. އަދި އެއީ ގަދަކަމުން އުފެއްދި ގުޅުމެއް ނޫންކަމަށާއި ދެމީހުން ވާހަކަ ދައްކައި އުޅެން ފެށުނީ ބޭއިހުތިޔާރުގައި ކަމަށެވެ.

ތަމަންނާ ބޮޑަށް މަގުބޫލުކަން ހޯދީ ފިލްމު "ބާހޫބަލީ" އިންނެވެ. އޭނާ ބޮލީވުޑް ބައެއް ފިލްމުތަކުންވެސް ފެނިގެން ގޮސްފައިވެ އެވެ. މިހާރު ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ލަވަ "ކާވާލާ" ގައިވެސް އުޅެނީ ތަމަންނާ އެވެ. އެއީ އޭނާ ރަޖިނިކާންތާއިއެކު ފެންނަ "ޖެއިލާ" ގެ ލަވަ އެކެވެ. މިފިލްމު ރިލީޒްކުރަން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!