ވާދަވެރިން އެއުޅެނީ 2000ގެ ކުރީ ކޮޅުގައި, ވާދަކުރަން ނިކުމޭ: ރައީސް ޞާލިޙް
![](https://dhen.mv/wp-content/uploads/2023/07/369955_3_0d66b9e7de53da814c34ca700ec98b525b7e8417_large-850x548.jpeg)
ވާދަވެރިން އަދިވެސް އުޅެނީ މާފަހަތުގައި ކަމަށް ވިދާޅުވެ އެމަނިކުފާނާ ވާދަކުރެއްވުމަށް ނިކުންނެވުމަށް އިދިކޮޅު ފަރާތްތަކަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.
މި. ދިއްގަރުގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވިދާޅުވީ ވާދަވެރިންގެ ފަރާތުން މިއަދުވެސް ފެންނަނީ 2000ގެ ކުރީކޮޅުގައި އެމްޑީޕީން ގެންގުޅުނު އުކުޅުތައް ގެންގުޅޭ މަންޒަރު ކަމަށެވެ. އެހެންވެސް ރައީސް ވިދާޅުވި ގޮތުގައި ވާދަވެރިން އުޅެނީ މާފަހަތު ގައެވެ. އަދި އެމްޑީޕީއަށް ޑިމޮކްރަސީގައި މާބޮޑަށް ކުރިއަށް ދެވިފައިވާ ކަމުގައި ވިދާޅުވި އެވެ.
"ބައެއް ފަހަރު ހިތަށް އަރާ އަޅުގަނޑުމެންގެ ވާދަވެރިންނަށް އުޅެނީ 2000ގެ ކުރީ ކޮޅުގައޭ. އޭރުގައ އަޅުގަނޑުމެން ކުރަން ފެށި ކަހަލަ ކޮންމެވެސް މަންޒަރެއް ބައެއް ރަށްރަށުން އެބަ ފެނޭ. އަޅުގަނޑު ވަރަށް އިހުތިރާމާއެކު އެބޭފުޅުންނަށް މިދަންނަވާލާނީ ދޫކޮށްލައްވާށޭ. ރަނގަޅަށް ވާދަވެރި ކެމްޕޭން ކުރައްވާށޭ،" ރައީސް ވިދާޅުވި އެވެ.
މުއްޔަށް އިއްޔެ ވަޑައިގަތުމުން ރައީސް ސޯލިހާ ދިމާލަށް ހަޅޭއްލެވީ ނޫކުލައިގެ ހެދުމަކާއި ރީނދޫ ކުލައިގެ ބުރުގައެއް އަޅައިގެން ހުރި އަންހެނެކެވެ. އޭނާގެ ވާހަކަތައް ކޮންމެވެސް ވަރަކަށް އަޑުއެއްސެވުމަށްފަހު ރައީސް ވަޑައިގަތް އިރު ވެސް އޭނާ ހަޅޭއްލަވަމުންދިޔަ އެވެ. އޭގެ ފަހުން މިއަދު ވެސް ރައީސްއާ ދެކޮޅު ހަރަކާތެއް ރަށަކުން ފެނުނެވެ.
މިރޭ މ. ދިއްގަރުގައި ވާހަކަ ދައްކަވަމުން އެ ހާދިސާއަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ވާދަވެރިންގެ ފަރާތުން އަދިވެސް ފެންނަނީ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު އެމްޑީޕީން ބޭނުން ކުރި އުކުޅުތައް ކަމަށެވެ.