ޚަބަރު

ހަފީޒް ވެންޓިލޭޓަރުން ނަގައިފި, އާއިލާ ތިބީ އުންމީދުގައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވެ އިތުރު ފަރުވާ އިންޑިއާގައި ކުރަމުން އަންނަ ގައުމީ ޔުނިވާސިޓީ ލެކްޗަރާ އަލީ ހަފީޒް ގިނަ ދުވަސްތަކަކަށް ފަހު ވެންޓިލޭޓަރުން ނަގައިފިއެވެ.

Ads by STELCO

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވެންޓިލޭޓަރުން ނެގި ނަމަެވސް, އަދިވެސް އޮތީ ޓިއުބް ގުޅައިފައެވެ. ވެންޓިލޭޓަރުން ހަފީޒް ނަގާފައިވަނީ މިއަދުއެވެ. އޭނާއާށް މިހާރު ފަރުވާ ދެމުން އަންނަނީ އެޗްޑީޔޫގައެވެ.

ހަފީޒް އެކްސިޑެންޓުވީ އޭނާ ފަތިސް ނަމާދުން ފައިބައިގެން މަޖީދީ މަގުން ހިނގާފައި ދަނިކޮށް މަގުމަތިން ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހިއެވެ. މި މައްސަލައިގައި ސައިކަލު ދުއްވި މީހާ ފުލުހުންވަނީ ހައްޔަރުކޮށްފައެވެ. މިމައްސަލަ ބަލަމުން އަންނައިރު, ހަފީޒް ހޮސްޕިޓަލަށް ގެންދިޔަ މީހުން ހޯދަން ވެސް ފުލުހުން މިއަދު އިއުލާން ކުރިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!