ޚަބަރު ސިޔާސީ

އިމްރާާން ހުންނެވީ ފިތުނަ އުފައްދަން ފޫގަޅައިފައި: ޖަމީލު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން ރަސޫލާ(ސ.ޢ.ވ) ނިސްބަތްކުރައްވައި ޙަދީޘް ބަސްފުޅެއް އުފެއްދެވުމަށްފަހުގައި، އެއީ އޮޅުމެއްކަމަށް ވެސް ވިދާޅުނުވުމުން އެނގެނީ ފިތުނަ އުފައްދަން ފޫގަޅާފައިވާ މިންވަރު ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެމްޕޭނުގައި ނުނިދައި ހޭލައި މަސައްކަތްކުރަން ހިތްވަރު ދިނުމުގެ ގޮތުން އިމްރާން ވިދާޅުވީ ހަދީޘެއް ނޫން ކަމަށް ބައެއް ޢިލްމުވެރިން ވަނީ ވިދާޅުވެފައެވެ.

ޖަމީލު ވަނީ އެއީ އޮޅުމެއް ކަމަށް އިމްރާާން ވިދާޅުނުވާތީ، އެކަން ފާހަގަކުރައްވައި، އިމްރާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

”ޢަދާލަތުގެ ރައީސް އިމްރާނު ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ހަދީޘެއް އުފެއްދުމަށްފަހު، އެއީ އޮޅުމެއް ކަމަށް ވެސް ނުބުނުމުން އެނގެނީ ކޮންމެފަދަ ކަމެއްކޮށް ފިތުނަ އުފައްދަން ފޫގަޅާފައިވާކަން.“ ޖަމީލު މިއަދު ވިދާޅުވިއެވެ.

އިމްރާންއަށް ވިދާޅުވެވުނު ބަސްފުޅާއިމެދު މަޢާފަށް އެދިވަޑައިގެންފައި ނުވާކަން ފާހަގަކޮށް، ގިނަ ބަޔަކު ފާޑުކިޔައިފައިވެއެވެ.

 

އިމްރާނަކީ ދޮގުވެރިއެއް ކަމަށް ސިފަކުރައްވައި ޖަމީލް ވަނީ އެފަދަ ދޮގުވެރިންގެ ފަސާދައަށް ސަމާލުވުމަށް އިލްތިމާސް ކުރައްވައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!