ޚަބަރު ސިޔާސީ

އިންޑިއާއިން އުޅެނީ ދެވަނަ އިންތިޚާބު ވެސް ވަގަށް ނަގަން: ސަޢީދު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިންޑިއާ ސަފީރު މުނޫ މަހާވަރު އިލެކްޝަންސް ކޮމިޝަން(އީީސީ)ގެ އިސް ބޭފުޅުންނާއި ބައްދަލުކުރެއްވީ، ދެވަނަ އިންތިޚާބު "ވަގަށް ނަގަން" ކަމަށް ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ސަޢީދު ވިދާޅުވީ އިންޑިއާއިން އީސީއާ ބައްދަލު ކުރުމުން، އިދިކޮޅުން އެ ވާހަކަ ދެއްކުމުން "އެހެން ޤައުމުތަކާއިއެކު ވެސް ބައްދަލު ކުރާ ކަމަށް" އީސީން ވިދާޅުވިއިރު، އިންޑިއާ އާއި އެހެން ޤައުމުތައް އެއްގޮތް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އެހެން ޤައުމުތަކުން ރާއްޖެ އާއިއެކު ސިއްރު އެއްބަސްވުން ހަދައި، އެ ޤައުމެއްގެ ސިފައިން ވެސް ރާއްޖެއަށް ނުގެންނަ ކަމަށެވެ.

ސަޢީދު ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރަނިންމޭޓު ކަނޑައެޅުމަށް ވެސް އިންޑިއާއިން ނުފޫޒު ފޯރުވާ ކަމަށެވެ. ފޮރިން މިނިސްޓަރު ޝާހިދު އިންޑިއާއަށް ވަޑައިގެންނެވުމުން، ރަނިންމޭޓުގެ ގޮތުގައި ކަނޑައަޅަންވީ ފަރާތްތަކުގެ ނަންތަކާއެކު 10 ބޭފުޅުންގެ ނަން ހިމެނޭ ލިސްޓެއް ދިން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

"އޭގެ ތެރެއިން އެއް ބޭފުޅެއް ޝާހިދަކީ."

ސަޢީދުގެ ވާހަކައިގައި އިންޑިއާ ސަރުކާރުން ރާއްޖޭގެ ދާޚިލީ ކަންކަމަށް ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ، ދިވެހީން، ދިވެހީންގެ ގޮތުގައި އުޅެން ދޫކޮށްލަން އެދިވަޑައިގެންނެވިއެވެ.

Ads by Allied Insurance
  1. އައިމިނަ

    ޕީޕީއެމް ނޫން ބަޔަކަށް ވޯޓެއް ލިބިއްޖެނަމަ އެވީ ވަގަށް ނެގީ ކަމަށެވެ. ވަގުންނަށް ހީވާނީ ދެންތިބީވެސް ވަގުން ކަމަށެވެ. އެކަމަކު މިހާތަނަށްވެސް ސާބިތުވެފައި އޮތީ ތިމާމެންގެ ރައީސްއެވެ.