ޚަބަރު ސިޔާސީ

ރައީސް މެމްބަރުން ކޮންޓްރޯލް ކުރައްވަނީ މަޝްރޫޢުތައް ބޭނުންކޮށްގެން, އެއީ ނިޒާމީ މައްސަލައެއް: ރައީސް ނަޝީދު 

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު މަޖިލިސް މެމްބަރުން ކޮންޓްރޯލް ކުރައްވަނީ މަޝްރޫޢުތައް ބޭނުން ކުރައްވައިގެން ކަމަށާއި އެކަން އެގޮތަށް ކުރެއްވެނީ ނިޒާމް ބައްޓަންވެފައިވާގޮތުން ކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ދިމާކޮށް، ދަ ޑިމޮކްރެޓްސްގެ 'ފަސޭހަ ވިޔަފާރި' ސިޔާސަތު ލޯންޗުކުރުމަށް ރޭ ބ. ތުޅާދޫގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައިވެސް އެކަން އެހެން ކުރައްވަން ޖެހުނު ކަމަށެވެ.

"އަޅުގަނޑަށް ވެސް މަޖިލިސް މެމްބަރުންނާ ގާތްކަން ބަހައްޓަން ޖެހުނު ސަރުކާރުގައި އުޅުން އިރު. މަޖިލީހުގެ ރުހުން އިންތިހާއަށް ސަރުކާރުން ހޯދަން ޖެހޭ. މަޖިލީހާ ނުލާ ސަރުކާރު ހިންގޭ ތަނެއް ވެސް ނުމެ އާދޭ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގެ ބޭނުންތެރިކަން ރައީސުލްޖުމްހޫރިއްޔާ ހޯދަން ޖެހިވަޑައިގަންނަވަނީ ވަރަށް ނޭދެވޭ ގޮތްތަކަށް ކަމަށެވެ.

އަންނަ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ޑިމޮކްރަޓްސްއިން ކެމްޕޭން ލޯންޗު ކޮށް ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމަށް ވަނީ ހުޅުވާލައިފައެވެ.

ޑިމޮކްރެޓްސްގެ މެނިފެސްޓޯ ލޯންޗުކުރުމަށް ޖުމްލަ 50 އަށް ވުރެ ގިނަ ރަށަށް ކުރަން ދާނެ ކަމަށް އެޕާޓީން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!