ޚަބަރު ސިޔާސީ

ރައީސް ޔާމީންގެ އަޑުއެހުންތަކަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓާލަންދެން މުޒާހަރާތައް ކުރިއަށް ގެންދާނެ: ޖަމީލް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސް ޢަބްދުﷲ ޔާމީންގެ އަޑުއެހުންތަކަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓާލަންދެން މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށް ކުރީގެ ނައިބުރައީސް ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޖަމީލް މިފަދައިން ވިދާޅުވީ ޖުމްހޫރީ މައިދާނުގައި މިއަދު އިޙްތިޖާޖު ކުރަނިކޮށް، ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕް ބޭފުޅުންނާއި ސިޓީ ކައުންސިލް މެމްބަރާއި ސްޓިއަރިންގ ކޮމިޓީގެ ރައީސް ހައްޔަރުކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

މިކަމާއި ގުޅިގެން ޖަމީލް ވިދާޅުވީ ރައީސް ޞާލިޙްގެ ސަރުކާރުން ތަކުރާރުކޮށް ސުލްހަވެރި މުޒާހަރާތަކަށް ފުރުސަތު ދޭން ދެކޮޅު ހެދުމަކީ ލަދުވެތި ކަމެއް ކަމަށެވެ. އަދި ރައީސް ޔާމީންގެ އިސްތިއުނާފް މަރުހަލާއަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓާލަންދެން މުޒާހަރާތައް ކުރިއަށް ގެންދާނެ  ކަމަށާއި އަސާސީ ހައްގުތަކަށް ސަރުކާރަށް އިންކާރު ނުކުރެވޭނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޖުމްހޫރީ މައިދާނަށް މިއަދު އެއްވި އިދިކޮޅު ކޯލިޝަނުގެ ލީޑަޝިޕްގެ ބޭފުޅުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ކަމުގައިވާ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު، ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއި، ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިޤް ހިމެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!