ދީން

ފާޚާނާތެރޭގައި ނުރޮއޭ، ތި ހުށަހެޅެނީ ނުރައްކަލަކަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދެމަފިރިންގެ ތެރޭގައި ނުވަތަ ޢާއިލާ ތެރޭގައި މައްސަލައެއް ދިމާވެ ، ހިތްދަތި ކަމެއް ދިމާވެއްޖެ ނަމަ ބައެއް މީހުން ކުރަން އެންމެ ބޭނުންވާ ކަމަކީ އެކަހެރިވެ ރުއިމެވެ. އެފަދަ މީހުން ދެކޭ ގޮތުގައި ރުއިމަކީ ހިތަށް ތަސައްލީ ލިބޭ ކަމެކެވެ. ހަމައެހެންމެ ރައްކާތެރި ތަނެއް ނޫން ނަމަވެސް ބައެއް މީހުން ރުއިމަށް ބޭނުން ކުރާ ޖަގަހަ އަކީ ފާޚާނާއެވެ. މީގެ އިތުރުން ބައެއް މީހުން ފާޚާނާއަށް ވަދެ ފޯނާއި ކުޅެން ގިނައިރު ތިބުމަކީ ވެސް އަހަރެމެންގެ ތެރޭގައި އޮތް އާދައެކެވެ.

Ads by STELCO

ފާޚާނާއަކީ އެތަނުގައި ގިނަ އިރު ތިބެން އޮތް ތަނެއް ނޫނެވެ. އެހެނެއްކަމަކު ، ބޭނުން ފުުދުމުން ވީ އެންމެ އަވަހަށް އެތަނުން ނުކުތުމަކީ އެންމެ އެދެވިގެންވާ ގޮތެވެ. އެހެނީ އެއީ ރައްކާތެރި ތަނެއް ނޫނެވެ.

މިކަން ރައްކާތެރި ކަމަކަށް ނުވަނީ، ފާޚާނާ ތެރޭގައި އެވަގުތު އަހަރުމެންނަށް ނުފެންނަ އެހެން މަޚްލޫޤުންތަކެއް ވެސް ވާތީއެވެ. އެއެއްޗެހި އެންމެ ގިނައިން ދިރިއުޅެނީ ނަޖިސް ތަންތަނުގައި ކަމަށްވުމުން، އަހަރުމެންނަށް އެއެއްޗެހި ލޮލަށް ނުފެނުނު ކަމަށްވިޔަސް ފާޚާނާގައި ޖިންނީ , ޝައިތާނުން ދިރިއުޅެއެވެ.

ކީރިތި ޤުރްއާނުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

﴿27﴾ يَا بَنِي آدَمَ لَا يَفْتِنَنَّكُمُ الشَّيْطَانُ كَمَا أَخْرَجَ أَبَوَيْكُم مِّنَ الْجَنَّةِ يَنزِعُ عَنْهُمَا لِبَاسَهُمَا لِيُرِيَهُمَا سَوْآتِهِمَا ۗ إِنَّهُ يَرَاكُمْ هُوَ وَقَبِيلُهُ مِنْ حَيْثُ لَا تَرَوْنَهُمْ ۗ إِنَّا جَعَلْنَا الشَّيَاطِينَ أَوْلِيَاءَ لِلَّذِينَ لَا يُؤْمِنُونَ
އޭ آدم ގެދަރިންނޭވެ! ތިޔަބައިމީހުންގެ މައިންބަފައިން ކަމުގައިވި (آدم ގެފާނާއި حوّاء ގެފާނާއި) ދެކަނބަލުންގެ عورة އެ ދެކަނބަލުންނަށް ދެއްކުމަށްޓަކައި، އެ ދެކަނބަލުންގެ ފޭރާން ބާލައި، އެ ދެކަނބަލުން ސުވަރުގެއިން ނެރެލި ފަދައިން، شيطان އާ ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭ ހުށިކަމެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެ شيطان ން ނުފެންނަހިނދުގައި، އެ شيطان އާއާއި، އޭނާގެ لشكر އަށް ތިޔަބައިމީހުން ފެނެއެވެ. ހަމަކަށަވަރުން، إيمان ނުވާ މީހުންނަށް، ވާގިވެރިވާ ބަޔަކު ކަމުގައި، ތިމަންރަސްކަލާނގެ شيطان ން ލެއްވީމެވެ.
[ އަލް- ޢަޢްރާފް 27 ވަނަ އާޔަތް]

ޖިންނި ޝައިތާނުން އެންމެ ގިނައިން ދިރިއުޅެނީ ކޮންތަނެއްގައިކަން އެނގޭ ހެއްޔެވެ؟ ޖިންނީން އެންމެ ގިނައިން ދިރިއުޅެނީ ފާޚާނާ ތެރޭގައެވެ. ގިނަމީހުންނަށް މިކަން އެނގެއެވެ. ނަމަވެސް ބައެއް މީހުން މިކަން މަތިން ހަނދާން ނެތެއެވެ. ނުވަތަ ޖިންނީންނަަށް އަހަރުމެން އިންސާނުންނަށް އެއްވެސް ގެއްލުމެއް ދެވިދާނެ ކަމަށް ވެސް ޤަބޫލު ނުކުރަނީއެވެ. ފާޚާނާ ތެރޭގައި ހިތާމަކޮށް ރޮއެ ހެދުމަކީ، ޖިންނީންނަށް ވަރަށް ފަސޭހައިން އަހަރުމެންނަށް ގޯނާ ކުރެވިދާނެ ކަމެއްކަން އެނގޭ ހެއްޔެވެ؟

ކަމަކާއި މާޔޫސްވެ، ހިތާމަކުރާނަމަ އަދި ރޯން ބޭނުންވާނަމަ ވުޟޫކޮށް ދެ ރަކުޢަތް ނަމާދެއް ކުރުމަށާއި ކުރަމުންގެންދާ ހިތާމަ ﷲ ތައާލާ ޙަޟްރަތަށް ދެންނެވުމަކީ އެންމެ ރައްކާތެރި އެންމެ މަތިވެރި ގޮތެވެ.

މާތް ނަބިއްޔާ (ޞޢޥ) ވަނީ ޝައިޠާނުންނާއި ޖިންނީންގެ ކިބައިން ރައްކާތެރިވުމުގެ ގޮތުން ފާޚާނާއަށް ވަނުމުގެ ކުރިން ކުރަންވީ ކަންތައްތައް ޙަދީޘް ކުރައްވާ އުނގަންނަވާ ދެއްވާފައެވެ. އެގޮތުން ފާޚާނާއަށް ވަނުމުގެ ކުރިން މިދުޢާ ކިޔުމަށް އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ.

بِسْمِ ٱللَّٰهِ‎ اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ
މާނައީ: (މާތް ﷲ ގެ އިސްމުފުޅުގެ ބަރަކާތުން ވަންނަމެވެ) އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ނުބައި ވެގެންވާ ފިރިހެން ޝައިޠާނުންނާއި ނުބައި ވެގެންވާ އަންހެން ޝައިޠާނުންގެ ކިބައިން ރައްކާތެރިކޮށް ދެއްވުމަށް އެދި މިއަޅާ އިބަ ﷲ ގެ ޙަޟުރަތުން ދަންނަވަމެވެ."

ފާޚާނާއަށް ވަނުމުގެ ކުރިން މިދުޢާ ކިޔައިފިނަމަ، ޖިންނީންގެ ލޮލުގައި ފަރުދާއެއް އެޅި، އެބައިމީހުންގެ ލޯތަކުން އާދަމުގެ ދަރީން (ޔައުނީ އިންސާނުން) ގެ ޢައުރަ ރައްކާތެރިވެދާހުއްޓެވެ. (ސަޙީހް އަލް ތިރްމިދީ 496)
އިބްނު މާޖާ ރިވާ ކުރައްވާފައިވާ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ.

ހަމައެހެންމެ ތިރުމިޛީ ރިވާ ކުރައްވާފައިވާ ޙަދީޘް ފުޅެއްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.

"ހަމަކަށަވަރުން ފާޚާނާ އަކީ ޖިންނީން ޒިޔާރަތްކުރާ ތަނެކެވެ. އެހެންކަމުން އެތަނަށް ވަނުމުގެ ކުރިން ތިޔަބައިމީހުން މިދުޢާ ކިޔާށެވެ." (ސަޙީޙް ތިރްމިދީ 296)

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!