ނެލްސަން މަންޑޭލާ އާއި ބަރަކް އޮބާމާއާ އެއްވަރަށް ރައްޔިތުން ރައީސް ޞާލިޙް ދެކެ ލޯބިވޭ: ރަފިއްޔާ
ދެކުނު އެފްރިކާގެ ފުރަތަމަ ރައީސްކަން ކުރެއްވި ނެލްސަން މަންޑޭލާ އާއި އެމެރިކާގެ ރައީސްކަން ކުރެއްވި ބަރަކް އޮބާމާއާ އެއްވަރަށް ރައްޔިތުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ދެކެ ލޯބިވާ ކަމަށް މޯލްޑިވްސް ޑިވޮލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ރައީސް ޑރ. އައިޝަތު ރަފިއްޔާ ވިދާޅުވެއްޖެއެވެ.
ރަފިއްޔާ މިފަދައިން ވިދާޅުވީ ހއ. ދިއްދޫގައި ރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަމުންނެވެ. ރަފިއްޔާ ވިދާޅުވީ މީގެ ކުރިން ދައުރު ނިންމެވި ރައީސުން ދެވަނަ ދައުރަކަށް ވެރިކަމަށް ވަޑައިގަތުމަށް ކެމްޕޭން ކުރައްވަން ނިކުންނެވީ ގިނިކަންޏާ ކަމަށާއި، އެހެންނަމަވެސް ރައީސް ޞާލިޙް މިފަހަރުވެސް ނިކުންނެވީ ކޯލިޝަނަކާއެކު ކަމަށެވެ.
ރައީސް ޞާލިޙް އިންތިޚާބުވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށާއި އެމަނިކުފާނަކީ އެންމެން ވެސް ލޯބިވާނެ ޝަހުސިއްޔަތެއް ކަމަށް ރަފިއްޔާ ވިދާޅުވިއެވެ. އަދި ދުނިޔޭގެ ނުފޫޒު ގަދަ ލީޑަރުންނާ އެއް ފެންވަރަކަށް ރައްޔިތުން ރައީސް ޞާލިޙް ދެކެ ލޯބިވާ ކަމަށް ރަފިއްޔާ ވިދާޅުވިއެވެ.
“ރައީސް ޞާލިޙަކީ ދުނިޔޭގެ ނުފޫޒު ގަދަ ލީޑަރުން ކަމަށްވާ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ ނޫނީ އިންޑިއާގެ އެންމެ ވަރުގަދަ ޝަހުސިއްޔަތު ކަމަށްވާ މާހާތުމާ ގާންދީއާ އެއް ފެންވަރަށް ރައްޔިތުން ލޯބިވާ ބޭފުޅެއް” ރަފިއްޔާ ވިދާޅުވިއެެވެ.
ރަފިއްޔާ ވިދާޅުވީ މިއަދު ރައްޔިތުން ބޭނުންވަނީ އުފާވެރި އަމާން ރާއްޖެއެއް ކަމަށާއި އެކަން ކޮށްދެވޭނީ ރައީސް ޞާލިޙް ދެވަނަ ދައުރަކަށް ހޮވައިގެން ކަމަށެވެ.
ބަރަކް އޮބާމާ އާއި މަންޑޭލާ ބުނެފައި އޮތީ ވެރިކަމަކީ މަސްތުވާ އެއޗެއް ކަމަށް އެކަމަކު ސޯލޭ އެކަމުގެ ދަހިވެތި ކަމުގަ. އޮބާ އާއި މަންޑޭލާ ނޮބެލް ޕީސް ޕްރަައިސް ލިބިވަޑައިގަތް. ސޯލޭ ކުރިއެކުވީ ފިރިހެން ކުޅި އާއި ޤައުމު ބަނޑު އަޅާލުން.
ލޯބިވާކަން އަންގާނީ ވޯޓުން. ހަހަހަހަހަހަ ދެންވެސް ޤައުމު ދޫކޮށް ބަޗާ ބަލަ ގެރި ކައިރިޔަށް ޝަހިދު އާއި އިމްރާން ގޮވައިގެން.
ކިޔެވި އެއްޗެއްގެ ބޭނުން ހިފަން ނޭނގޭ، ތާކުންތާކު ނުޖެހޭ ވާހަކަ ދައްކަވާ ބޭފުޅެއް. ހިލްޓަނަށް ދައްކަންޖެހޭ ފައިސާ ނުދައްކާނެގޮތެއް ވޭތޯ ސަރުކާރަށް ދަނޑިބާނައިގެން އުޅުއްވާ ލީޑަރުގެ ޑެޕިޔުޓީ. މުދަަލާ، ފައިސާއާ، ދުނިޔެ އެދުމަށް ބެރުޖަހަމުންދާ ޖަޑިބެއް.
ރަފީ ހިތަން އަރަނީ ރަފީ ތިހިރީ ޢައުރަ ނިވާކޮއްގެންނޭތަ ހެދުންލައިގެން އޮރިޔާމުން ތިބޭ މީހުންދެކެ ﷲ ރުހިވޮޑިގެން ނުވާކަން ނޭނގޭތަ؟
ޢަނގަ ނުވެއްޓޭވިއްޔާ