Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރިޔާސީ އިންތިޚާބުގައި މައުމޫން ވާދަކުރައްވާ ކަަަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި, ފާރިޝް ފެނިގެން ގޮސްފާނެ

ރިޔާސީ އިންތިޚާބުގައި މައުމޫން ވާދަކުރައްވާ ކަަަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި, ފާރިޝް ފެނިގެން ގޮސްފާނެ

އަންނަ ރިޔާސީ އިންތިޚާބުގައި އެމްއާރުއެމްގެ ފަރާތުން ކުރީގެ ރައީސް, އަދި އެ ޕާޓީގެ ޒަޢީމް މައުމޫން އަބްދުލްޤައްޔޫމް ވާދަ ކުރައްވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފިއެވެ.

ރިޔާސީ އިންތިޚާބުގައި މައުމޫން ވާދަ ކުރައްވާ ކަމަށް މިއަދު މީސްމީޑިއާގައި ވަނީ އަޑުފެތުރިފައެވެ.

މިކަމާ ގުޅިގެން "ދެން"އިން އެ ޕާޓިއާ ސުވާލު ކުރުމުން ވިދާޅުވީ, މިވަގުތަށް އެކަމަށް ޖަވާބެއް ނެތް ކަމަށެވެ.

Advertisement
Allied — Dhen Online (box)

އިންތިޚާބުގައި އެ ޕާޓީގެ ރައީސް, މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫން ވާދަ ކުރައްވަން މަސައްކަތް ކުރައްވާކަން ކަމަށް އެނގިފައިވެއެވެ. ނަމަވެސް މައުމޫން ވާދަ ކުރައްވާ ކަމަށް ދެކެވޭ ވާހަކަތަކަކީ އަސްލެއް ނޫން ކަމަށް ވަނީ އެނގިފައެވެ.

ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ސެޕްޓެންބަރު މަހުގެ 9ގައެވެ. އިންތިޚާބުގައި ވާދަކުރައްވާކަން މިިހާތަނަށް ހާމަކޮށްފައިވަނީ, އެމްޑީޕީ, ޕީޕީއެމް, އެމްއެންޕީ އަދި ޑިމޮކްރެޓްސްއިންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް